ވިޔަފާރި

ރޯދައަށް ބޮޑު ސޭލެއް ފަށައި، އެސްޓާސް އިން ހައިރާންކޮށްލައިފި!

Apr 1, 2018
7

ހުރިހާ މަހައްގައި ވެސް ކަސްޓަމަރުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދެމުންގެންދާ އެސްޓާސް އިން ރޯދަ މަހާ ދިމާކޮށްފަށައިފާވާ "ބިގް އޮރެންޖް ސޭލް 2018" ގައި އަގުތައް ހުރީ މާ ހެޔޮކޮށެވެ.

"ދަ ބިގް އޮރެންޖް ސޭލް" ގައި ވަނީ ކިހިނެއް ހެއްޔެވެ؟ މި ސޭލްގައި އަގުހެޔޮ ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ސުވާލެއް ކޮށްލާނަމެވެ. އެސްޓާސްގައި ނެތީ ކޮން އެއްޗެއް ހެއްޔެވެ؟

އެސްޓާސްގައި ހުރިހާ އެއްޗެއް އެބަހުއްޓެވެ.

މި ސޭލްގައި ސޯފާ އާއި ޑައިނިންގެ ސެޓް އަދި ޓީވީގ އަގުވެސް ވަނީ ބޮޑުތަކުން ހެޔޮކޮށްލާފަ އެވެ. މިގޮތުން ސޯފާގެ އަގުތައް 999 ރުފިޔާއިން ފެށިގެން ހެޔޮ އަގުތަކުގައި ލިބޭނެ އެވެ. ޑައިނިން ސެޓްގެ އަގުތައް އަތް ފޯރާ ފަށަށް ތިރިވެ 1777 - 2999 ރުފިޔާއާ ދެމެދުގައި ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ޓީވީ އަށް ބަލާލާއިރު 40" އިންޗި ޓީވީ އެއް 3999 ރ އާއަށް އަދި 65" އިންޗި އަލްޓަރާ ހައި ޑެފިނީޝަން ސްމާޓް ޓީވީ 14999ރ. އަށް ލިބެން އެބަހުއްޓެވެ. ކުރިޔަށް ފެށެން އޮތް ރޯދަމަހާއި ވޯލްޑްކަޕަށް ވިސްނާލިޔަސް މިއީ ދޫކޮށްލާ ވަރު ފުރުސަތެއް ނޫނެވެ.

މި ތަކެތީގެ އަގު ހެޔޮކޮށްލާފައި އެސްޓާސްއިން ނިންމާލީއެއް ނޫނެވެ. ކުރިޔަށް މިއޮތް ދުވަސްތަކުގައި އެސްޓާސްގައި ލިބެން ހުރި ތަފާތު އެތަށް ޕޮރޮޑަކްޓެއް ސޭލް އަގުތަކުގައި ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެސްޓާސްގެ "ދަ ބިގް އޮރެންޖް ސޭލް" އާއެކު ހަމަ ހައިރާންވެއްޖެ އެވެ. މުދަލުގެ އަގު މާބޮޑަށް ހެވީ އެވެ.