ދުނިޔެ

ވިނީ މަންޑޭލާ އަވަހާރަވެއްޖެ

Apr 2, 2018

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކުރީގެ އަނބިކަަނބަލުން ވިނީ މަންޑޭލާ އަވަހާރަވެެއްޖެ އެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 81 އަހަރުގައި މިއަދު މެންދުރު އެވެ.

ވިނީ މަންޑޭލާ އަވަހާރަވުމާއެކު އެކަމަނާގެ އާއިލާގެ ފަރާތްޕުޅުން ސްޕޯކްސްޕާސަން ވިކްޓާ ޑުލަމެނީ މެދުވެރިކޮކޮށް ވިދާޅުވި ގޮތުގައި އެކަމަނާ އަވަހާރަވީ ވަރަށް ގިނަދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. ވިނީ މަންޑޭލާ ވަނީ ރައީސް މަންޑޭލާއާއެކު 38 އަހަރު އެކުގައި ހޭދަ ކުރައްވާފަ އެވެ. އޭގެ ތެރެއިން ބޮޑު ބައި މަންޑޭލާ ހޭދަ ކުރެއްވީ ޖަލުގައެވެ. މަންޑޭލާ މިނިވަން ކުރަން ވިނީ ވަނީ ވަރަށް ގިނަ މަސައްކަތް ކުރައްވާފަ އެވެ.

މަންޑޭލާއާ ވަކިވެ ވަޑައިގެންނެވުމަށް ފަހު ސޯސަލް ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނުން ވަޑައިގެންނެވި ވިނީ އުފަންވެވަޑައިގެންނެވީ 1936 ވަނަ އަހަރު އެވެ.