އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ހިޒްބުﷲ އިންވެސް އިޒްރޭލަށް ހަމަލާދީފި

އިޒްރޭލާއި ހަމާސްއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން ދަނިކޮށް އިޒްރޭލާ އިންވެގެން އޮންނަ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލަށް ދިން ހަމަލާތަކުގެ ޒިންމާ ނަގަމުން ހިޒްބުﷲ އިން ބުނެފައިވަނީ ހަމާސްއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް އެ ޖަމާއަތުން ދޭނެ ކަމަށެވެ.

ހިޒްބުﷲ އިން ބުނީ އިޒްރޭލުން ހިސޯރުކޮށްގެން އުޅޭ ލުބުނާންގެ ބިންތަކުން އިޒްރޭލުގެ ސިފައިން ބޭލުމަށް ހަމަލާ ދޭނެ ކަމަށެވެ.

އިޒްރޭލު ސިފައިންނާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަމަލާތަކުގެ ފައިދާ ނަގައި ހިޒްބުﷲ އިން ވަނީ އިޒްރޭލު ސިފައިން ތިބޭ ތިން ދިމާލަކަށް ހަމަލާދީފަ އެވެ.

އިޒްރޭލުން ވަނީ ހިޒުބުﷲގެ އަމާޒުތަކަށް ދެނެގަނެ އެ ސަރަހައްދުތަކަށް ރައްދު ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލާއި ހިޒްބުﷲއާއި ދެމެދުވެސް ދޭތެރެދޭތެރެއިން ހަމަލާތައް ބަދަލުކުރަމުންދެ އެވެ.