ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މީގެ އިރުކޮޅެއް ކުރިން އެމަނިކުފާނު ކަރާޗީގައި ހުންނަވަނިކޮށް ފުލުހުން ހައްޔަރުކޮށްފި އެވެ.
އިމްރާން ހައްޔަކޮށްފައި މިވަނީ އެމަނިކުފާނު ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައި ހަދިޔާތަކެއްގެ ގޮތުގައި ލިބުނު ދައުލަތުގެ މުދާ ގާނޫނާއި ޚިލާފަށް ވިއްކާލި މައްސަލަ އެއީ ރިޝްވަތު ކަމަށް ކޯޓަށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވުމާއި ގުޅިގެންނެވެ.
ޕާކިސްތާނުގެ އިރުމަތީ ސިޓީ ލާހޫރު ގައި އެމަނިކުފާނު ހައްޔަރު ކުރުމުގައި ސާބިތުވި ކަންކަމުގެ ތެރޭގައި އަމިއްލަ މުދާ ކަމަށް ބެލެވޭނެ މުދާ ފޮރުވުމުގެ އަމަލެއް ވަނީ ސާބިތުވެފަ އެވެ. މި މައްސަލަ ސާބިތުވުމާއި ގުޅިގެން ސިޔާސީ ކަންކަމުގައި ބައިވެރިވުން ވަނީ އިްމރާނަށް މަނާވެގެންގޮސްފަ އެވެ.
"ފަނޑިޔާރު ހުމާޔޫން ދިލާވަރު ވިދާޅުވެފައިވަނީ ކޮރަޕްޝަނުގެ އަމަލު ހިންގިކަމަށް ސާބިތުވެފައި" ޕާކިސްތާން ސްޓޭޓް ޓީވީ އިން ހާމަކޮށްފައިވެ އެވެ.
މި ހުކުމް ސާބިތުވުމާއެކު ކޯޓުން ވަނީ އިމްރާން ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ. އަދި އެ އަމުރާއެކު ދާދި އަވަހަށް އިމްރާން ހައްޔަރުކޮށް މިވަގުތުދަނީ ވެރިރަށް އިސްލާމްއާބާދަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
އިމްރާންގެ މައްޗަށް މި ހުކުމް އައީ ޕާކިސްތާން ގެ އިލެކްޝަން ކޮމިޝަނުން ތަހުގީގު ކުރަން އެދުނު މައްސަލައެއްގައި ދައުލަތުގެ މުދާ ހަދިޔާގެ ގޮތުގައި ބެލެވޭނެ ގޮތަށް ގާނޫނާއި ޚިލާފަށް އެމަނިކުފާނު ބޮޑުވަޒީރު ކަމުގެ މަގާމުގައި 2018 އިން 2022 އަށް ހުރި މުއްދަތުގަ ވިއްކާލާފައިވާ ކަމަށް ބުނެ އެވެ.
ޕާކިސްތާނުގެ ހައިކޯޓުން މި ހުކުމް ކުރި އަޑުއެހުމަށް އިމްރާން ކޯޓަށް ހާޒިރުވެފައިނުވެ އެވެ. އެހެންކަމުން އިމްރާން ހައްޔަރުކުރުމަށް ވަގުތުން އަމުރު ކޯޓުން ވަނީ ނެރެފަ އެވެ.
ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި މި ހުކުމުގެ ސަބަބުން އަންނަ ނޮވެމްބަރު މަހުގެ ކުރިން ޕާކިސްތާންގައި ބާއްވާ އާންމު އިންތިހާބުގައި އިމްރާން ވާދަކުރެއްވުމަށް އޮތް ފުރުސަތު މުޅިން ބަންދުވެގެން ދާނެ އެވެ.
އިމްރާން ޚާން ނިސްބަތްވާ ޕާކިސްތާންގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ޕާކިސްތާން ތަޚުރީކޭ އިންސާފް (ޕީ.ޓީ.އައި.) އިން ވަނީ ޑިސްޓްރިކްޓް ކޯޓުގެ މި ހުކުމް ވަގުތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އިމްރާން ޚާން މިދިއަ އަހަރު އެޕްރީލް މަހު ބޮޑުވަޒީރު ގެ މަގާމުން ދުރުކުރެވުމަށްފަހު އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަނުގެ 150 މައްސަލައެއް ވަނީ އުފުލާފަ އެވެ. އިމްރާން ވިދާޅުވަމުން ގެންދަވަނީ އެ ހުރިހާ މައްސަލަތަކަކީ ވެސް ސިޔާސީ ދައުވާތަކެއް ކަމުގަ އެވެ.
އުމުރުން 70 އަހަރުފުޅުވެފައިވާ ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިއާ އަދި ފަހުން ސިޔާސީ ލީޑަރަކަށް ވެވަޑައިގެންފައިވާ އިމްރާން ޚާން ބޮޑުވަޒީރު ކަމުގެ މުއްދަތުގައި ދައުލަތުގެ މުދާ ހަދިޔާގެ ގޮތުގައި ވިއްކުމާއި ބަލައިގަތުން ހިމެނޭކަމަށް ސާބިތުކޮށްފައިވެ އެވެ. އެއީ އެމަނިކުފާނު ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރޭގައި ހިންގާފައިވާ ފަސާދައިގެ އަމަލުތައް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މި މުއާމަލާތްތަކުގެ އަދަދު ޕާކިސްތާން ފައިސާއިން 140 މިލިއަން ރުޕީސް އަށް އަރާއިރު އެއީ 6 ލައްކަ ޔޫއެސް ޑޮލަރެވެ.