އިމްރާން ޚާން

އިމްރާނަށް ހަމަލާދީ ޒަހަމްކޮށްލައިފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިއަދުގެ އެއްވުމުގައި ވާހަކަދައްކަވަނީ
0%
0%
0%

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އިމްރާނަށް ބަޑިން ހަމަލާ ދިނީ އޭނާ އިސްވެ ހުންނަވައިގެން މިއަދު ކުރިއަށް ގެންދިޔަ އެއްވުމެއްގައި ހުންނަވަނިކޮށެވެ.

ޕާކިސްތާންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވަޒީރުއާބާދުގައި ކުރިއަށް ދިޔަ މި އެއްވުމުގައި އިމްރާނަށް ދިން ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކަނާތު ފަޔަށެވެ. މި ހަމަލާގައި އިތުރު ހަތަރު މީހަކުވެސް ޒަހަމުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލާހޫރުގެ ހޮސްޕިޓަލެއްގައި އިމްރާނަށް މިހާރު ފަރުވާ ދެމުންދާއިރު އޭނާގެ ހާލުކޮޅު ގޯސް ނޫން ކަމަށް އިމްރާންގެ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ހަމަލާ ދިނުމުން ފަރުވާއަށް ހޮސްޕިޓަލަށް ގެންދަނީ

އުމުރުފުޅުން 70 އަހަރުގެ އިމްރާން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަގާމުން ދުރުކުރި ފަހުން އޭނާ ގެންދަވަނީ އަވަސް އިންތިހާބަކަށް ގޮވާލައްވަމުންނެވެ. އެކަމަކު އިންތިހާބެއް ބޭއްވޭނީ ރޭވިފައިވާ ގޮތަށް އަންނަ އަހަރު ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ.

ޕާކިސްތާންގެ ޖިއޯ ޓީވީން ބުނި ގޮތުގައި ހަމަލާގެ ކުޑަ ވަގުތުކޮޅެއް ފަހުން، ކާކު ކަން ނޭނގޭ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މިހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. އަދި މިމައްސަލަ ތަހުގީގުކުރުމަށް އަމުރުކުރައްވާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345