ވިޔަފާރި

އަޔާދީ ތަކާފުލް އިން ފުރަތަމަ ފަހަރަށް ފައިދާ ބަހަނީ

އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން މި އަހަރު ފުރަތަމަ ފަހަރަށް ފައިދާ ބަހާނެކަން އެ ކުންފުނިން މިރޭ އިއުލާނުކޮށްފި އެވެ.

އެލައިޑުން ތައާރަފުކޮށްފައިވާ "ބިލްޑާސް އިންޝުއަރެންސް" ޕްލޭންގެ މައުލޫމާތު ދިނުމަށް ޗަމްޕާ ސެންޓަލްގައި އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކާއެކު ބޭއްވި ހަފުލާގައި ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ
އެ ކުންފުނީގެ ފައިދާ މިހާތަނަށް ނުބަހައި އޮތީ ފަށައިގެންފައިވާ އާ ކުންފުންޏެއް ކަމަށްވާތީ، ކޮން މެވެސް ވަރެއްގެ ސެކިއުރިޓީއެއް ބިލްޑް ކުރަން ކަމަށެވެ.

"ނަމަވެސް އިރާދަކުރެއްވިއްޔާ މި އަހަރު އަޅުގަނޑުމެން ފައިދާ ބަހާނަން،" އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިރުޝާން ވިދާޅުވި އެވެ.

އެލައިޑުން އިސްލާމިކް ވިންޑޯއެއްގެ ގޮތުގައި އަޔާދީ އުފެއްދުމަށްފަހު، އެ ކުންފުނީގެ ވިޔަފާރި ދަނީ ހަލުވިކަމާއެކު ފުޅާ ކުރަމުންނެވެ. އަދި މި ދާއިރާގެ ގިނަ ޕްރޮޑަކްޓްތަކެއް ދަނީ ތައާރަފު ކުރަމުންނެވެ.

އެލައިޑުން އިސްލާމިކް ވިންޑޯއެއްގެ ގޮތުގައި އަޔާދީ އުފެއްދުމަށްފަހު، އެ ކުންފުނީގެ ވިޔަފާރި ދަނީ ހަލުވިކަމާއެކު ފުޅާ ކުރަމުންނެވެ. އަދި މި ދާއިރާގެ ގިނަ ޕްރޮޑަކްޓްތަކެއް ދަނީ ތައާރަފު ކުރަމުންނެވެ.