ދުނިޔެ

ނޫސްވެރިންނަށް ހުރަސްއެޅުނީތީ އުތުކޮރެއާއިން މައާފަށް އެދިއްޖެ

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައިވެރިވަޑައިގެންނެވި ކޮންސެޓަކަށް ދެކުނުކޮރެއާގެ ނޫސްވެރިންތަކެއް ނުވެއްދުމަށް ދަހު އުތުރުކޮރެއާ ސަރުކާރުން އެކަމަށް މައާފަށް އެދިއްޖެއެވެ. އުތުރުކޮރެއާ ސަރުކާރުން އެޅި ފިޔަވަޅަކާ މެދު އެސަރުކާރުން މައާފަށް އެދުމަކީ ކުރިން ވަރަށް ނުކުރާ ކަމެކެވެ.

ދެކުނުކޮރެއާގެ ނޫސްވެރިން އުތުރުކޮރެއާގެ ވެރިރަށް ޕިޔޮންޔޭންއަށް ދިޔައީ ދެކުނުގެ ކޮރެއާގެ ބޭންޑަކުންް ބާއްވާ ޝޯއެއް ކަވާ ކުރުމަށެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޝޯއަށް އެމީހުން ވަނުން ސަލާމަތީ ބާރުތަކުން ހުއްޓުވި އިރު އެ ޝޯ ބައްލަވަން އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުން އިންނެވިއެވެ. ނޫސްްވެރިން ޝޯއަށް ނުވެއްދީ ސަލާމަތީ ސަބަބުތަކަކަށް ޓަކައި ކަމަށް ބުނަމުންނެވެ. އެކަން އެހެން ކުރުމުން ދެކުނު ކޮރެއާއިން ރަސްމީކޮށް އުތުރުކޮރެއާ ސަރުކާރަށް ރަސްމީކޮށް ޝަކުވާ ހުށަހެޅިއެވެ.

ދެކުނުކޮރެއާގެ ނޫސްވެރިންްގެ ކިބައިން މައާފަށް އެދިވަޑައިގެންނެވުމަށް އެމީހުން ތިބި ހޮޓަލަށް ވަޑައިގެންނެވީ އުތުރުކޮރެއާގެ ކުރީގެ ޖެނެރަލް އަދި ޖާސޫސީ އިދާރާގެ ވެރިޔާ ކިމްޔޮން ޗޮލް ކަމަށް ދެކުނުކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުންޏެވެ.

" މިނިވަން މީޑިއާ ކަަވަރޭޖަށާއި ވީޑިއޯ ކުުރުމަށް ހުރަސްއެޅުމަކީ ގޯސްކޮށް ހިނގި ކަމެއް" ކިމް ޔޮން ޗޮލް ވިދާޅުވި ކަމަށް ނޫހުަގައި ވެއެވެ.

އޭނާ ވިދާޅުވީ ނޫސްވެރިންނަށް ހުރަސްއެޅީ ކިމްޖޮން އުންގެ ބޮޑީގާޑުން ކަަމަށާއި އެއީ އުތުރުކޮރެއާ ސަރުކާރުގެ ތެރޭގައި އެރި އޮޅުމެއްގެ ސަބަބުން ވީ ކަމެއް ކަމަށެވެ. - ދަ ގާޑިއަން