ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 26 ގައި

Apr 12, 2018

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 26 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ 26 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބާއްވާ އެ ކުންފުނީގެ ހިއްސާގެ ފައިދާ ބެހުމަށް ހުށަހެޅުމާއި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރުން އައްޔަން ކުރުން އަދި ބެލެންސް ޝީޓް ފާސް ކުރުން ފަދަ ބައިތައް ހިމެނޭ ކަމަށެވެ. މި ޖަލްސާގައި ބައިވެރި ވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދި ކުންފުންޏެކެވެ. ކުންފުނި އުފެއްދިއިރު، 250،000 ހިއްސާ ހިމެނެ އެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ދީފައިވަނީ 16ރ. އެވެ. ނަމަވެސް މިދިޔަ އަހަރު 24ރ. ދީފައިވެ އެވެ.