ވިޔަފާރި

އީވޯ ރޯދަ ޕްރޮމޯޝަން ބައި މިލިއަން ރުފިޔާގެ އިނާމާއެކު ފަށައިފި

Apr 15, 2018

އީވޯ ރޯދަ ޕްރޮމޯޝަން 500،000 ރުފިޔާގެ އަގު ހުރި އިނާމާއި ބޮޑެތި ޑިސްކައުންޓްތަކާއި އެކު މިއަދު ފަށައިފި އެވެ.

އީވޯގެ ފިހާރަތަކުގައި ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައ އެންމެ ބޮޑު އިނާމު ލިބޭ ފަރާތަކަށް 300،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން "އީވޯ ހޯމް" އާއި "އީވޯ ފްލޯރިން" އަދި "އީވޯ ސޮލިއުޝަން" ގައި ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި އެކި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ލިބޭނެ އެވެ. މިގޮތުން ޑިސްކައުންޓް ދޭން ހަމަޖެހިފައިވަނީ؛

އީވޯ ހޯމް:

އީވޯ ހޯމް އިން ކުރާ ވިޔާފަރިތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. މީގެ އިތުރުން 5،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމް ވެސް ކަނޑައެޅިފައި ވެ އެވެ.

ީއީވޯ ފްލޯރިން:

އީވޯ ފްލޯރިން އިން ކުރާ ވިޔަފާރިތަކުން ވެސް 50 ޕަސެންޓާ އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު އަންޑަ ލޭ އަދި އިންސްޓަލޭޝަން ހިދުމަތް ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި 5،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމް ވެސް ކަނޑައެޅިފައި ވެ އެވެ.

އީވޯ ސޮލިއުޝަން:

އީވޯ ސޮލިއުޝަން 70 ޕަސެންޓް އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މީގެ އިތުރުން 1،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމް ވެސް ކަނޑައެޅިފައި ވެ އެވެ.

ކޮންމެ ހަފުތާއަކު އިނާމެއް

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު އިވޯގެ ހުރިހާ ފިހާރަ އަކުން ހޮވާ ނަސީބުވެރި އެއް މީހަކަށް 10،000 ރުފިޔާގެ ވިޔަފާރިކުރަން ވައުޗަރެއް ލިބޭނެ އެވެ.