ހަބަރު

ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދަމުން ދިޔަ މީހާ އާއިލާއަށް ހަބަރުވެއްޖެ އެވެ.

ތ. ތިމަރަފުށީ ނައިންފަރު އުމުރުން 41 އަހަރުގެ އިބްރާހީމް ހަލީލް އިއްޔެ ހުކުރަށް ދިޔަ ފަހުން އަނބުރާ ގެއަށް ނައިސްގެން އާއިލާ އިން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އާއިލާއަށް ގުޅައި ހަބަރުވެފަ އެވެ. އާއިލާ މެންބަރަކު ބުނި ގޮތުގައި އޭނާ މަސައްކަތެއްގައި ކައިރި ރަށަކަށް ދިޔައީ އެވެ.

އާއިލާއަށް އޭނާ ހަބަރުވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.