ވިޔަފާރި

މަމެން ޕްރިޕެއިޑް މޯބައިލް އެޕާއެކު ދެގުނަ ލިބޭ ޕްރޮމޯޝަނެއް

Apr 15, 2018
1

އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލަ އަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕރީޕެއިޑް ޕްލޭން މަމެންނާ ގުޅިގެން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިހަފްތާ ބަންދުގެ ތެރޭގައި ފަށައިފި އެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލަ އަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ.

ހުކުރު ދުވަހު ހަވީރުން ފެށިގެން ޒުވާނުންނަށް ހާއްސަކޮށް އަމާޒުކޮށްގެން ހިންގާ މި ޕްރޮމޯޝަނުގައި ކުރިން މަމެން އެޕް އިން ލިބޭ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފި އެވެ. މީގެ އިތުރުން ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިޔުޒިކާއި ތަފާތު ހުނަރު ދައްކާލާ ވަރަށް ކުލަ ގަދަ އިވެންޓްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް އެބަގެންދެ އެވެ.

މަމެންނަކީ ކޮބާ؟

މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެނޭނީ އެޕް ފޯނަށް ޑައުންލޯޑްކުރުމަށް ފަހު ޕްލޭންގައި ބައިވެރިވެގެނެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭ ހިނދު އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަންޖެހެއެވެ. މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެއެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް ކުރުކޮށް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރ މެދުވެރިކޮށް ގަނެވޭނެ އެވެ. އާރްބީ އަކީ ގިނަ ދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެ އެވެ.

މަމެންއިން ކަސްޓަމަރުން ބާރުވެރިކުރުވަނީ ކިހިނެތް؟

މަމެންގައި ހިމެނެނީ މައިގަނޑު ހަތަރު އަސާސީ ސިފައެވެ.

- އެމީހަކު ބޭނުންވަރަކަށް ޑޭޓާ،ވޮއިސް އަދި އެސްއެމްއެސް އެޕްގައި އެކަމަށް އިންނަ ހާއްސަ ސްލައިޑަރެއް ދަމާލައިގެން ފަސޭހަކަމާއެކު ހޯދޭނެއެވެ. ޑޭޓާ ގިނަކޮށްފައި ވޮއިސް މަދުކޮށްލަންވީއެވެ. ނުވަތަ ތިނެއް ކަންތައް އެއް ހަމައެއްގައި ބަހައްޓަންވީ އެވެ. އެމީހަކު ބޭނުންގޮތެކެވެ.

- މަމެންގައި އަމިއްލަ އަށް ކަނޑައަޅާ ޕްލޭން ބޭނުން އިރަކު ހަމަ އެހާފަސޭހައިން ސްލައިޑަރ ދަމާލައިގެން އެޕުން ބަދަލުކޮށްލެވޭނެއެވެ. އަދި އެކަންގޮތަކަށް ކިތަންމެ ފަހަރަކުވެސް ކުރެވިދާނެއެވެ. އަދި ގަނެފައިވާ ޑޭޓަ ނުވަތަ ވޮއިސް ނުވަތަ އެސްއެމްއެސް އަނބުރާ އާރްބީ އަށް ބަދަލުކޮށްލެވޭނެއެވެ. ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން އޮވެ އެވެ.

- މަމެން އެޕުން ފޯނު ބޭނުންކުރާ މިންވަރު ނުވަތަ ޔޫސޭޖް ވަގުތުން ވަގުތަށް ފަސޭހައިން ބަލާލެވޭނެ އެވެ. ފޯނުން ކްރެޑިޓް ހޭދަވާގޮތް ނޭނގި އުޅޭކަށް ނުޖެހެއެވެ. ޔޫސޭޖް ބަލާފަ އެމީހަކަށް ކަމުދާގޮތަށް އެޕް ފަރުމާކުރަންވީ އެވެ.

- ގާތްތިމާގެ މީހުންނާއި ރައްޓެހިން (ނުވަތަ އެނޫންވެސް ފަރާތަކަށް) ފަސޭހައިން އާރްބީ ފޮނުވައި ހަމައެހާމެ ފަސޭހައިން އާރްބީ ހޯދުމަށް އަހާލެވޭނެއެވެ. މަމެނިއަރސް (މަމެންގެ އަހުލުވެރިން) ފަސޭހަކަމާއެކު އެކަކު އަނެކަކުގެ ކިބައިން އާރްބީ ހޯދާ ފޮނުވާހެދެއެވެ. ދިގު ޕިންކޯޑް ނުޖަހާ ދެތިން ކްލިކަކުން އެޕް މެދުވެރިކޮށް ރައްޓެއްސަކަށް ޑޭޓާ ނުވަތަ ވޮއިސް ނުވަތަ އެސްއެމްސް ފޯރުކޮށްދެވިދާނެ އެވެ. ނުވަތަ އަހައިގެން އަމިއްލަ ބޭނުމަށް ހޯދިވެސް ދާނެއެވެ.

މަމެން ކަސްޓަމަރުންނަށް ހާއްސަ ސްކައުންޓްތައް

މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާ ޕާރޓްނަރ ވެގެން މަމެނިއާސް އަށް ހާއްސަ ޑިސްކައުންޓަކާއި އޮފަރ ތައް ފޯރުކޮށްދިނުމަށް ގަސްތުކޮށްފައެވެ. މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފަރތައް މިދެންނެވި ޕާޓަނަރ ވިޔަފާރިތަކުން ލިބޭނެއެވެ.

ދިރާގުން ދިވެހި މުވާސަލާތް ކުރިއެރުވުން

މި އަހަރަށް ދިރާގުން ރާއްޖޭގައި މުވާސަލާތުގެ ހިދުމަތް ދޭން ފެށިތާ 30 އަހަރުނީ އެވެ. މި 30 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. މަމެން ޕްލޭނާއި އެޕަކީ މި ދެންނެވުނު ކުރިއެރުމުގައި އަނެއްކާ ވެސް ދިރާގުން އެޅި މުހިއްމު ފިޔަވަޅެކެވެ. މުސްތަގްބަލަށް ކަސްޓަމަރުން ބާރުވެރިކުރުމަކީ ކުންފުންޏަށް އަބަދުވެސް ލިބިގެންދާނެ އެންމެ ބޮޑުކުރިއެރުމެވެ.