ހަބަރު

ޖެނެރަލް ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ޝިޔާމް މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 16 ވަނަ ޑިފެންސް ސާވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކަ އެވެ. މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އަނގާރަ ދުވަހާ ހަމައަށެވެ.

އެ ކޮންފަރަންސްގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ގައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.