ހަބަރު

އަނެއްކާވެސް ރިލްވާންގެ ޝަރީއަތް ކެންސަލްވެއްޖެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ފޮރުވި މައްސާލާގައި މިއަދު އޮތް ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ. އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހުގައި ވެސް އަޑު އެހުމެއް ތާވަލު ކުރުމަށް ފަހު ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ރިލްވާން ފޮރުވި މައްސަލާގައި މިއަދު އަޑު އެހުމެއް ތާވަލުކޮށްފައި ވަނީ ހަވީރު މެނދުރު ފަހު 3:00 އަކަށެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ޕީޖީއިން ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އަދި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއެއިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.