ހަބަރު

ހާލުގައި ތިބި މުސްލިމުންނަށް އެހީވުމަކީ ޒިންމާއެއް: ރައީސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށްް އެހީތެރިވުމަކީ އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ރއީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ފަރާތުން ރައީސް ޔާމީނަށް ޝަރަފުވެރިކަމުގެ އެވޯޑެއް ދެއްވުމަށް ބޭއްވި ރަަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުސްލިމުންނަށް މިހާލަތު ކުރިމަތި ކުރުވަނީ އެތެރެއިންް ކަމަށާއި ބޭރުން މަސައްކަތް ކުރަނީ ހާލަތު އިތުރަށް ގޯސްކުރަން ކަަމަށެވެ.

" ފަލަަސްތީން، ސީރިއާ، އަދި ޔަމަނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އަދި ރޮހިންޔާއި ގެދޮރު ގެއްލިފައިފައިވާ އެނޫން އެތަައް މުސްލިމުންނެެް ދިރިއުޅެނީ ވަރަށް ހިތްދަތި ހާލެއްގައި. އެމީހުންނަށް ކުރިމަތިވެފައިވާ ހާލަތަކީ އަޅުގަނޑުމެންގެ ކަމެއް. އެމީހުންގެ ނިކަމެތިކަމަކީ އަޅުގަނޑުމެންގެ ކަމެއް. އެހުރިހާ އެންމެނަށް އެހީވުމަށް އަޅުގަނޑުމެންނަށް ޒިންމާއެއް އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކަލާ ހަނގުރާމަކުރުމަށް އެންމެން އެއްބައިވަންތަވާން ޖެހޭ ކަމަށެވެ.

އެގޮތުން ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށް އެމަނިލުފާނު ސިފަކުރެއްވީ އިސްލާމްދީނަށް ހުތުރުނަން ލިބޭ ގޮތަށް މަސައްކަތް ކުރާ މީހުންނާއި މުސްލިމުންނާ ދެކޮަޅަށް މުސްލިމުން ނެރެން މަސައްކަތްކުރާ މީހުންނެވެ.

" އެއީ މުސްލިމުންނާ ދެކޮޅަށް ނެރެން ގަދައަޅައި މަސައްކަތްކުރާ މީހުން. އެެއީ އަޅުގަނޑުމެންގެ މެދުގައި ދުޝްމނުކަން އުފައްދައި އުޚުއްވަތްތެރިކަން ބަލިކަށިކުރަން މަސައްކަތްކުރާމީހުން. އަދި މުސްލިމުންނާއި ޣައިރުމުސްލިމުންނާ ދެމެދު ކުލަގަދަ ރޮނގެއް ދަމާލާމީހުން ،" ރައީސް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމުން ރައީސް ޔާމީނަށް އެވޯޑެއް އެރުވީ މެދުމިނުގެ ގޮތްތައް ފަތުރުއްވަން ކުރައްވާ މަސައްކަތް ބަލައިގަތުމުގެ ގޮތުންްނެވެ. އެ އެވޯޑާ ހަވާލުވެވަވަޑައިގެންނެވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެއީ ލިބިވަޑައިގްނެވި އިތުރު ހިތްވަރެއް ކަމަށެވެ