ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމާ ޓެރަރިޒަމް ހުއްޓުވަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް، އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމުން އެމަނިކުފާނަށް ހާއްސަ އެވޯޓެއް އަރުވައިފިއެވެ.
ރައީސް ރައީސް ޔާމީނަށް އެވޯޑު އެރުވީ އޮފީހުގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ފަރާތުން ރައީސް ޔާމީނަށް އެ އެވޯޑް ހަވާލުކޮށްދެއްވީ އެ ފޯރަމްގެ ރައީސް ސޫދާންގެ ކުރީގެ ބޮޑުވަޒީރު ޑރ. އައްސޯދިގު އައްސިއްދީގް އަބްދުއްރަހުމާން އަލް މަހުދީއެވެ.
އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ 2002 ވަނަ އަހަރު އުފެއްދި ހަރަކާތެކެވެ އެއީ މުސްލިމުންގެ އިތުރުން އެހެނިހެން ދީންތަކާއި ފިކުރުތަކުގެ މީހުންވެސް ބައިވެރިވާ ހަރަކާތެކެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިން އިސްކޮށް ހުންނަވައިގެންނެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ހާއްސަ އިސްކަމެއްދޭ އެ ފޯރަމަކީ އެ ކައުންސިލްގެ އިލްތިމާސާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްލާމިކް ޔުނިވާސިޓީއާއި އެނޫންވެސް އިތުރު ޔުނިވާސިޓީތަކުން އިލްމްވެރިންނާއި ދިރާސާކުރާ ފަރާތްތަކާ އެކު އެކިއެކި ފަންނުގެ 12،000 އަށް ވުރެ ގިނަ ޕްރޮފެސަރުން ބައިވެރިވާ ފޯރަމެކެވެ.
އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް މީގެ ކުރިން އަރުވާފައިވަނީ ދެ ބޭފުޅަކަށެވެ.
އެއީ މޮރަޓޭނިއާގެ ރައީސް މުހައްމަދު ބިން އަބްދުލް އަޒީޒް އަދި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައުދެވެ.
އެވޯޑާ ހަވާލުވެވަވަޑައިގެންނެވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެއީ ލިބިވަޑައިގްނެވި އިތުރު ހިތްވަރެއް ކަމަށެވެ.
އަދި ވިދާޅުވީ މުސްލިމުންނަށް މިހާލަތު ކުރިމަތި ކުރުވަނީ އެތެރެއިންް ކަމަށާއި ބޭރުން މަސައްކަތް ކުރަނީ ހާލަތު އިތުރަށް ގޯސްކުރަން ކަަމަށެވެ.
" ފަލަަސްތީން، ސީރިއާ، އަދި ޔަމަނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އަދި ރޮހިންޔާއި ގެދޮރު ގެއްލިފައިފައިވާ އެނޫން އެތަައް މުސްލިމުންނެެް ދިރިއުޅެނީ ވަރަށް ހިތްދަތި ހާލެއްގައި. އެމީހުންނަށް ކުރިމަތިވެފައިވާ ހާލަތަކީ އަޅުގަނޑުމެންގެ ކަމެއް. އެމީހުންގެ ނިކަމެތިކަމަކީ އަޅުގަނޑުމެންގެ ކަމެއް. އެހުރިހާ އެންމެނަށް އެހީވުމަށް އަޅުގަނޑުމެންނަށް ޒިންމާއެއް އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކަލާ ހަނގުރާމަކުރުމަށް އެންމެން އެއްބައިވަންތަވާން ޖެހޭ ކަމަށެވެ.
އެގޮތުން ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށް އެމަނިލުފާނު ސިފަކުރެއްވީ އިސްލާމްދީނަށް ހުތުރުނަން ލިބޭ ގޮތަށް މަސައްކަތް ކުރާ މީހުންނާއި މުސްލިމުންނާ ދެކޮަޅަށް މުސްލިމުން ނެރެން މަސައްކަތްކުރާ މީހުންނެވެ.
" އެއީ މުސްލިމުންނާ ދެކޮޅަށް ނެރެން ގަދައަޅައި މަސައްކަތްކުރާ މީހުން. އެެއީ އަޅުގަނޑުމެންގެ މެދުގައި ދުޝްމނުކަން އުފައްދައި އުޚުއްވަތްތެރިކަން ބަލިކަށިކުރަން މަސައްކަތްކުރާމީހުން. އަދި މުސްލިމުންނާއި ޣައިރުމުސްލިމުންނާ ދެމެދު ކުލަގަދަ ރޮނގެއް ދަމާލާމީހުން ،" ރައީސް ވިދާޅުވިއެވެ.