ވިޔަފާރި

އެމްއައިބީގެ ކާޑު މެޝިންތައް އަޕްގްރޭޑްކޮށްފި

Apr 18, 2018
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޕީއޯއެސް ކާޑު މެޝިންތައް ފެންވަރު މަތިކޮށްފި އެވެ.

އެމްއައިބީ އިން ބުނީ ޕީއޯއެސް ކާޑު މެޝިންތައް އަޕްގްރޭޑްކޮށް ވަޔަލެސް 3ޖީ މެޝިންތައް ދޫކުރަން ފަށާފައިވާ ކަމަށެވެ. އެ ބޭންކުން ބުނީ މިހާރު ދޫކުރާ މެޝިންތައް ކުރީގެ މެޝިންތަކަށްވުރެ ގެންގުޅެން ފަސޭހަވާނެ ކަމަށެވެ.

އެމްއައިބީގެ ޕީއޯއެސް ނުވަތަ ކާޑު މެޝިންތައް މާލޭ އާއި އައްޑޫ އަދި ފުވައްމުލަކުގެ އިތުރުން ތިނަދޫ އާއި ކުޅުދުއްފުށީގެ ބޮޑެތި ފިހާރަތަކުގައި ވެސް ހުންނާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

އިސްލާމިކް ބޭންކުން ބުނީ ކާޑު މެޝިނު ބޭނުންވާ ފިހާރަ ތަކުން އެކަމަށް އެދުމުން ފުރުސަތު ލިބޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުން ދަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޓަނެޓު ބޭންކިންގެ ހިދުމަތް ދިނުމާއި އޭޓީއެމްގެ ހިދުމަތްވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.