ހަބަރު

ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް

Apr 26, 2018
4

ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި އެއްލާލާފައި އޮތް ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. އަދި އެ އަލިފާން ކޮންޓްރޯލެއް ނުވެ އެވެ.

އޭގެ އިތުރުން ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި އޮތް ކެރޭންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭގައި ރޯވި އަލިފާން ވަނީ ކޮންޓްލޯކޮށްފަ އެވެ.
(ތަފްސީލް އަންނަނީ)