ދުނިޔެ

ކިމް-ޓްރަމްޕް ބައްދަލުވުން ކޮރެއާ ބޯޑަރުގައި ބާއްވަން އެއްބަސްވެއްޖެ

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަވަންް އެއްބަސްވެވަޑައިގެންްފައިވާ ބައްދަލުވުން ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ އަސްކަރީ ހަރަކާތް ހިންގުން މަނާ ސަރަހައްދުގައި ބާއްވަން އުތުރުކޮރެއާއިން އެއްބަސްވެއްޖެއެވެ.

ދެކުނުކޮރެއާގެ މަސްދަރުތަކާ ހަވާލާދީ ސީއެންއެން ބުނީ ކިމް އެކަމަށް އެއްބަސްވެވަޑައިގެންނެވީ ދެކުނުކޮރެއާގެ ރައީސް މޫން ޖައި އިން ބާރު އެޅުއްވުމުން ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވުމަށް ކިމްއަށް ބާރުއަޅުއްވައި މޫން ކިމްއާ ވާހަކަފުޅު ދެއްކެވީ މިދިޔަ ހުކުރު ދުވަހު ދެބޭފުޅުން ބޭއްވެވި ބަައްދަލުވުމުގައެވެ.

ކިމްއާއި މޫންގެ ބައްދަލުވުން ވެސް ބޭއްވީ ދެކޮރެއާ ގުޅޭ ބޯޑަރުގަައިވާ އަސްކަރީ ހަރަކާތް ހިންގުންމަނާ ސަރަހަރައްދުގައ އޮންނަ ޕަންމުންޖޮމް އަވަށުގައެވެ. އެއީ " ސުލްހައިގެ އަވަށް" ކަަމަށް ދެކޮރެއާއިން ބަލާ އަވަށެވެ.

" ވަރަށް ބޮޑަށް ފުރުސަތު އެބަ އޮތް ސަމިޓް އެތަނުގައި ބޭއްވުމުގެ. ބައެއް ހަރަކާތްތައް ދެކޮރެއާ ވަކިކުރާ ރޮނގުގެ އުތުރުގައި [އުތުރުކޮރެއާގެ ސަރަހައްދުގައި] ވެސް ބާއްވާ ގޮތަށް،" މަޝްރަހު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ އޮފިޝަލަކު ސީއެންއެންއަށް ބުނެފައި ވެއެވެ.

ކޮރެއާގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޕަންމުންޖޮމް އަވަށުގައި ބައްްދަލުވުން ބޭއްވުމަކީ ކިމްއަށް އެންމެ ފަސޭހަ ގޮތެވެ. އަދި އެއީ ޓްރަމްޕަަށް ވެސް ތާރީހީ ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމެކެވެ.