ދުނިޔެ

ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި

May 4, 2018
1

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޗީފް އޮފް ސްޓާފް އަދި އަރިސް ބޭފުޅެއް ކަމަށްވާ ޑރ. އައިއެޗްކޭ މަހަނަމާ، ހައްޔަރުކޮށްފި އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ރިޝްވަތުގެ ތުހުމަތެއްގަ އެވެ.

ސީއައިއޭބީއޯސީ އާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ މަހަނަމާ ހައްޔަރު ކުރި އިރު ސްޓޭޓް ޓިމްބާ ކޯޕަރޭޝަންގެ ވެރިޔާ ޕިޔަދާސަ ޑިސަނަޔަކާވެސް ހައްޔަރު ކުރި އެވެ. އެ ދެ ބޭފުޅުންނަށް ތުހުމަތު ކުރަނީ 20 މިލިއަން ރުޕީސް ހިމެނޭ ރިޝްވަތުގެ މައްސަލައެއްގަ އެވެ.

މި މައްސަލައަށް ފަހު ރައީސް ސިރިސޭނާގެ އޮފީހުން ވަނީ އެ ދެބޭފުޅުން ސަސްޕެންޑްކޮށްފަ އެވެ.