ވިޔަފާރި

"ހިލޭ" ވާވޭ ޕީ 20 ޕްރޯ ފޯނެއް ބޭނުންތަ؟

May 5, 2018
3

ސްމާޓް ފޯން މާކެޓްގައި އެންމެ ހިނގާ އެއް ފޯނަކަށްވާނީ ޗައިނާގެ ވާވޭ އެވެ. އެކަން ނޭނގޭ މީހަކު މަދުވާނެ އެވެ. ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ އެ މަރުކާގެ ފޯނުތަކުގެ އިތުބާރެވެ. މިގޮތުން ވާވޭ މަރުކާގެ އެންމެ ހާއްސަ އެއް ފޯނަކީ "ވާވޭ ޕީ 20 ޕްރޯ" އެވެ. ވީޑިއޯ އާއި ފޮޓޯތައް އާދަޔާ ހިލާފަށް ރީތި މީގެ ފޯނެއް ރާއްޖޭގައި ހުރެގެން މިހާރު "ހިލޭ" ހޯދިދާނެ އެވެ. އެކަމަށް އިތުރު ފައިސާ ހޭދަކުރާކަން ނުޖެހެ އެވެ. ކުރަން ޖެހޭނީ ކުޑަ މަސައްކަތެކެވެ.

"ވާވޭ" ގެ ރާއްޖޭގެ އޮތޮރައިޒް ޑިސްރިބިއުޓަރު މެކްސްކޮމް ޓެކްނޮލޮޖީސް އިން މިވަނީ "ވާވޭ ޕީ20 ޕްރޯ" ފޯނު ލިބޭ ކުޑަ މުބާރާތެއް ފަށާފަ އެވެ. މި މުބާރާތުގައި ބައިވާން ބޭނުންވާ މީހުން ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ "ވާވޭގެ ޕީ20" އަދި "ޕީ 20ޕްރޯ" ގެ ފޯނެއް ޕްރޮމޯޓްވާ ގޮތަށް ކުޑަކުޑަ ވީޑިއޯ ކޮޅެއް ހަދައިލުމެވެ. ވަރަށް ސިމްޕަލް ކަމެކެވެ. ވީޑިއޯ ކޮޅު ހަދާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި އެއް ފަރާތަކަށް ފޯނެއް ލިބޭނެ އެވެ.

ތިރީސް ސިކުންތަށް ވުރެ ދިގު ނޫން މި ވީޑިއޯ ހެދުމަށްފަހު މެކްސްކޮމް ފޭސްބުކްގައި ތަތް ކޮށްލާށެވެ. މި ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

މެކްސްކޮމް ވީޑިއޯ--

ވީޑިއޯ އުފައްދާއިރު ވިސްނާލާ

* ވީޑިއޯ 30 ސިކުންތަށްވުރެ ދިގު ނުވުން
* ވީޑިއޯގައި "ވާވޭ ޕީ20" ނުވަތަ "ވާވޭ ޕީ 20 ޕްރޯ" އިޝްތިހާ ވުން
* ވީޑިއޯ މެކްސްކޮމް ފޭސްބުކް ޕޭޖަށް ސަބްމިޓް ކުރަން ވާނެ
* އަމިއްލަ އުފެއްދުމަކަށް ވާން ވާނެ، ކޮޕީ އެއްޗަކަށް ނުވުން
* ވީޑިއޯގައި ވާވޭގެ ލޯގޯ އިންނަން ވާނެ
* މި ވީޑިއޯގައި މެކްސްކޮމްއަކީ ވާވޭގެ އޮތޮރައިޒް ޑިސްރިބިއުޓަރުކަން އެނގެން އިންނަންވާނެ
* ޖަޖުން މާކްސް 50 ޕަސެންޓް، ބާކީ ހުރި ބައި ފޭސްބުކް ލައިކުން

ހަމަ ގައިމު ވެސް މިހާރު ފޯނެއް ހޯދާއިރު އެންމެ ބޮޑަށް ބަލާނީ އެންމެ ރީތިކޮށް ފޮޓޯ ނެގޭ އެއްޗަކަށެވެ. މޮޅު ސެލްފީ ނަގައި، އިންސްޓްގްރާމްގައި މޮޅެތި ފޮޓޯތައް ވައިގައި ހިއްޕާ ލެވޭނީ އޭރުންނެވެ. އެކަމަށް ބަލާއިރު ވާވޭ ޕީ 20 ޕްރޯ ވަރެއް ހަމަ ގައިމުވެސް މިހާރަކު ނެތެވެ. ސުވާލަކީ "ހިލޭ" ވާވޭގެ މި މޮޅު ފޯނު ބޭނުން ހެއްޔެވެ؟