ދުނިޔެ

މެލޭޝިއާގެ ވާދަވެރި އާއްމު އިންތިހާބު ފަށައިފި

މެލޭޝިއާގައި މިހާތަނަށް ބާއްވާ އެންމެ ވާދަވެރިކަން ބޮޑު އާއްމު އިންތިހާބުގައި އެ ގައުމުގެ ރައްޔިތުން މިއަދު ވޯޓުލާން ފަށައިފި އެވެ.

މެލޭޝިއާގައި މިއަދު ފެށި އިންތިހާބު ވެފައި ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އެއް ދުވަސްވަރެއްގައި އޭނާއަށް އިރުޝާދު ދެއްވުމުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު މަހާތީރާ ދެމެދު ހިނގާ ސިޔާސީ ހަނގުރާމައަކަށެވެ. މިއަދުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވީ ވެސް އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ މަހާތީރު ކުރިމަތިލެއްވުމުންނެވެ.

މެލޭޝިއާގެ އާއްމު އިންތިހާބުވައި ވޯޓުލާން ފެށީ އެގައުމުގެ ގަޑިން ހެނދުނު 8:00 ގައެވެ. މި އިންތިހާބުގައި އެގައުމުގެ ޕާލަމެންޓްުގެ 222 މެންބަރުންނާއި ސްޓޭޓްތަކުގެ އެެސެމްބްލީތަކަށް 505 މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި މެލޭޝިއާގެ 14.4 މިލިޔަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.