ވިޔަފާރި

އޭސް ހާޑްވެއާ އިން މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓެއް

May 10, 2018

އޭސް ޑްވެއާ އެންޑް ހޯމް ސެންޓަރުން ރޯދަ މަހާ ދިމާކޮށް "މޭކް އޯވާ ވިތް އޭސް" ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

އޭސް ހާޑްވެއާ އިން ބުނީ ރޯދަ މަހާ ދިމާކޮށް ކުރި އަށް ގެންދާ މި މުބާރާތް ކުރި އަށް ދާނީ 20 މެއި އިން ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ބޭނުންވާ ފަރާތްތަކުން އޭސް ހާޑްވެއާގެ ފިހާރަ ތަކުން ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނު ގަނެގެން ގޮސް ގޭގެ ކޮންމެ ވެސް މަސައްކަތެއް ކުރުމަށްފަހު ފޮޓޯއެއް ފޮނުވުމުންނެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޭސް ހާޑްވެއާއިން ގެންދާ އެއްޗިހިން މަސައްކަތް ކުރުމުގެ ކުރީގައި ގޭތެރެ ހުރި ގޮތާއި ފަހުން އެތަނަށް ގެނެވުނު ބަދަލުގެ ފޮޓޯއެއް ފޮނުވުމުން ބައިވެރިވެވޭނެ އެވެ.

މި ފޮޓޯ ކޮންޓެސްޓުގައި ބައިވެރިވުމަށް ކުރީގެ އަދި ފަހުގެ ފޮޓޯއާއެކު "ބިފޯ އެންޑް އާފްޓާ" ޖަހާފައި "އެޓް، މޭކްއޯވާ ވިތް އޭސް ހާޑްވެއާ 2018" ޖެހުމަށްފަހު، އޭސް ހާޑްވާ ފޭސްބުކް ޕޭޖަށް ހިއްސާ ކުރުމުން ބައިވެރިވެވޭނެ އެވެ.

މި މުބާރާތުގައި ފޭސްބުކްގައި އެންމެ ގިނަ އިން ލައިކް ލިބޭ ފޮޓޯ ނެގި ފަރާތަކަށް 2999.99ރ. ގެ އަގު ހުރި "ގްރިލް މާކް" ބްރޭންޑުގެ ކެޕިޓަލް ބާބެކިއު ގްރިލާއެއް ލިބޭނެ އެވެ.

ރޯދަ މަހަށް ހާއްސަކޮށް އޭސް ހާޑްވެއާ އިން ވަނީ މި ޕްރޮމޯޝަންގެ އިތުރުން "ރޯދަ ބަދަލު" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. މިއީ ކޮންމެ އަހަރަކު ވެސް އޭސްހާޑްވެއާ އަދި ކަލަ ބޭންކުން ބާއްވާ އަންމެ ވަރުގަދަ ޕްރޮމޯޝަން އެވެ. މި ޕްރޮމޯޝަން ކުރިއަށްދާއިރު ދާއިރު އޭސް ހާޑްވެއާ އަދި ކަލަ ބޭންކުން ރޯދަ އަށް ހާއްސަ ކޮށް 80 ޕަސެންޓާއި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޑިސްކައުންޓް ދެނީ މި ޕްރޮމޯޝަންގައި ގޭތެރެ ބަދަލުކޮށްލައި ހިތްގައިމު ކަމެއް ގެންނަން ބޭނުންވާ ސާމާނުގެ އަގު ހެޔޮކޮށްލާފައިވާތީ އެވެ. އޭސް ހާޑްވެއަ ނުވަތަ ކަލަ ބޭންކިން ކުރާ 300 ރުފިޔާ އަށް ވުރެ މަދުނޫން ކޮންމެ ވިޔަފާރިއަކުން ނަސީބު ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. ނަސީބު ގުރުއަތުން ހޮވޭ ފަރާތަކަށް ލިބިގެންދާނީ 300،000 ރުފިޔާގެ ނަގުދު ފައިސާ އެވެ.