އެމްޑަބްލިއުއެސްސީ

ހޮނިހިރު ދުވަހުގެ ރޭ ބައެއް ހިސާބުތަކުން ފެން ކަނޑާލަނީ

މާލޭގެ ފެނުގެ ވިއުގައިގެ މަރާމާތެއް ކުރަން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލާނެ ކަަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) އިން މިއަދު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރާމާތުގެ މަސައްކަތް ކުރާނީ ހޮނިހިރު ދުވަަހުރޭ 11:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށެވެ. އެ މަސައްކަތްތައް ކުރާތީ ބައެއް ހިސާބުތަކުން ފެން ކަނޑާލާނެ ކަމަށެވެ.

ފެން ކަނޑާ ބްލޮކްތައް

* މާފަތްތަކުރުފާނު މަގުގައި ހިމެނޭ 383، 384، 385 އަދި 386 ނަމްބަރު ބްލޮކް
* ބޮޑުތަކުރުފާނުމަގުގައި ހިމެނޭ 378 އަދި 382 ނަމްބަރު ބްލޮކް
* ބުރުޒުމަގާއި ވައިދެރިޔާ ހިނގުމުގައި ހިމެނޭ 204، 234 ނަމްބަރު ބްލޮކް
* ވައިދެރިޔާ ހިނބގުމުގައި ހިމެނޭ 205 ނަމްބަރު ބްލޮކް
* އަމީނީ މަގާއި ވައިދެރިޔާ ހިނގުމުގައި ހިމެނޭ 239 ނަމްބަރު ބްލޮކް
* ބުރުޒުމަގުގައިވާ 238 ނަމްބަރު ބްލޮކް

އެމްޑަބްލިއު އެސްސީން ބުނީ ފެންކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން މައާފަށް އެދޭ ކަމަށެވެ.

މާލޭގައި ފެނުގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭ ބައެއް ސަރަހައްދުތައް ހުރިކަން ފާހަގަ ކުރެވިގެން އެހިދުމަތް ރަނގަޅު ކުރުމަށް އަލުން ހޮޅި އެޅުމުގެ މަސައްކަތެއް އެމްޑަބްލިއު އެސްސީން ފެށީ މިދިޔަ އަަހަރު އެވެ.