ރޯދަ މަހާ ރޯއްޖާ

ކޮންމެ ދުވަހަކު އާފަލެއް!

May 19, 2018
2

ޑޮކްޓަރުން ވިދާޅުވާ ގޮތުން ދުވާލެއްގެ މައްޗަށް އާފަލެއް ކާ މީހުން ސިއްހީ ގޮތުން ވަރައް ދުޅަހެޔޮވާނެ އެވެ. ސަބަބަކީ އާފަލުގައި ގިނަ އަދަދަކަށް ވިޓަމިން ހިމެނޭތީ އެވެ. އާފަލުގެ ސަބަބުން ލޭ ސާފުކޮށް ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ.

އާފަލުގެ ސިއްހީ ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކުރުން، ލޭގައި ކޮލެސްޓީރޯލް ހިމެނޭ މިންވަރު ދަށްކުރުމާއި އަރިދަފުސް ރޯގާޖެހޭ މިންވަރު ކުޑަކުރުމާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުން މެނެއެވެ.

އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ފަސޭހަ ކަމާއެކު ފެނަށް ގިރިގެންދާ ފައިބަރުގެ ބާވަތެކެވެ. މިމާއްދާ އާފަލުގައި ހިމެނޭ އެހެން މާއްދާތަކާއި ގުޅިގެން ލޭގައި ހިމެނޭ ކޮލެސްޓީރޯލްގެ ބައި ނެތިކޮށް މަދުކޮށްލުމުގައި ދައުރެއް އަދާކުރެ އެވެ.