ސިއްހަތު

ޕީޗުން ވެސް އެތައް ފަރުވާއެއް!

Jun 9, 2018

ޕީޗް އަކީ ހުތް ފޮނި މޭވާ އެކެވެ. ތަފާތު ވިޓަމިންތަކާއި، ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވެ އެވެ. ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮ ކަމަށް ސޯޑިއަމް މަދުވުމާއި، ޕޮޓޭސިއަމް ގިނަވުމަކީ ބޭނުންތެރި ކަމެކެވެ.

ސޯޑިއަމް ގިނަވެ، ޕޮޓޭސިއަމް މަދުވުމަކީ ލޭމައްޗަށް ގޮސް، ހާޓް އެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުކުރުވާ ކަމެކެވެ. ޕީޗަކީ އޭގައި ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. މިސަބަބާހުރެ ޕީޗް ބޭނުން ކުރުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި، ލޭމައްޗަށް ދިއުމާއި، ގުރުދާގެ ބަލިތަކާއި، އަދި ލޭ މަދުވުމުން ސަލާމަތްވުމަށް މުހިއްމު ކަމެކެވެ.