މިއަދު ރޯދަ ވީއްލައިގެން ދޮންކެޔޮވަކެއް ކާންވާނެ އެވެ. މިއަދުން ފެށިގެން ދޮންކެޔޮ ކާން ފަށަންވީ ސަބަބެއް އޮވެގެނެވެ. ދޮންކޭލަކީ ހަށިހަނޑުގައި ވަރު ޖައްސައިދޭތީ މޭވާއަކަށް ވާތީ އެވެ.
މުހިއްމު އެއް ފައިދާ އަކީ އޭގައި އެކުލެވޭ ކާބޯހައިޑްރޭޓްސް އެވެ. މިމާއްދާގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިބި ހަރަކާތްތައް ހަލުވިވެ މީހާއަށް ހިތްހަމަޖެހުން ލިއްބައިދެ އެވެ.
ދޮންކޭލުގައި ހިމެނޭ ފައިބަރުގެ ސަބަބުން ބަނޑުހައިވުން ކޮންޓްރޯލްކޮށްދީ ބަނޑުހައިކަން އިހްސާސް ވުމާއި ދުރުކޮށްދޭނެ އެވެ. ހިކެން ބޭނުންވާ މީހުންނަށް ދޮންކޭލަކީ ބޭނުންތެރި ކާނާއަކަށްވާއިެރު އެއިން ބަނޑާ ގޮހޮރުގެ ބަލިތަކުން ދުރުކޮށްދެ އެވެ.