އިންފޮގްރެފިކް

އަލަނާސިއެއް ދޫކޮށްލައިގެން ނުވާނެ!

Jun 5, 2018

އަލަނާސި އަކީ ހުތް ފޮނި މޭވާ އެކެވެ. ރޯކޮށް ވެސް ބޭނުން ކުރެވޭ މޭވާއެއްގެ އިތުރުން ތަފާތު ގޮތްގޮތަށް ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ.

އަލަނާސީގައި ހިމެނޭ "ބްރޯމެލައިން"، ޕްރޮޓީން އިން ހަށިގަނޑުގެ ދުޅަ ތިރިކޮށްދީ، ކަރުތެރެ ހަލާކުވުމުން ސަލާމަތްކޮށްދެ އެވެ. އަދި ހުޅުތައް ދުޅަވުން ފަދަ ބަލިތައް ފަސޭހަވުމަށް އެހީތެރިވެދެ އެވެ. އޭހެ ފައިދާ ބޮޑަށް ހަށިގަނޑަށްކުރަނީ ދެ ކެއުން ދެމެދުގައި އެހެން ކާތަކެއްޗާއި ވަކިން ބޭނުން ކުރުމުންނެވެ. އަލަނާސި ބޭނުން ކުރުމަކީ ކާތަކެތި ހަޖަމު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.