އިންފޮގްރެފިކް

އޮރެންޖެއްގެ ފައިދާ ލިބިގަނޭ!

May 20, 2018

އޮރެންޖަކީ ވަރަށް މީރު މޭވާއެކެވެ. އަދި އެއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. އޮރެންޖްގެ ޖޫސް، ދުނިޔޭގެ ކަންކޮޅުތަކުގައި އަބަދުވެސް އޮންނަނީ ކުރީގަ އެވެ. އަދި އެއީ ސިއްހަތަށް ފައިދާ ހުރި ބުއިމެއްގެ ގޮތުގައި ގުނަ އެވެ.

އޮރެންޖު ޖޫހުގައި ގިނަ އަދަދަކަށް ކެލޮރީސް ހިމެނެވެ. އެގޮތުން ބައި ޖޯޑުގެ އޮރެންޖު ޖޫހުގައި ފަސްދޮޅަހަކަށް ކެލޮރީސް ހިމެނެއެވެ. ކޮލެސްޓްރޯ އަދި ފެޓްސް ނުހިމެނެ އެވެ. ވިޓަމިން އޭ ވެސް އެ މޭވާގައި ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.

ކެލްސިއަމްވެސް އޮރެންޖު ޖޫހުގައި އެކުލެވިގެން ވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން މުހިއްމު މިނެރަލްސްތައް ކަމަށްވާ މެގްނީސިއަމް، ފޮލޭޓު އަދި ޕޮޓޭސިއަމް ވެސް އޮރެންޖު ޖޫހުގައި އެކުލެވެއެވެ.