ހަބަރު

ގެއެއްގައި ރޯވެ ގެއްލުންތައް ވެއްޖެ

މާލޭގެ ގެއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގެެއަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ގ. އައްބާސާ ނަމަކަށް ކިޔާ ގޭގެ ކޮޓަރިއެެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެ ކޮޓަރި އަނދާފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިރޭ 7:13 ގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 7:44 ގައެވެ. ރޯވި އަލިފާން މިހާރު މިހާރު ވަނީ މުޅިން ނިއްވާލާފަ އެވެ. މިއީ މި ރޯދަ މަހު އައި މިފަދަ ފުރަތަމަ ހާދިސާ އެވެ.