ޔުމްނާ މައުމޫން

ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި

May 24, 2018
2

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ބޮޑުބޭބޭ ފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން ބަޔަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގެ ތަހުގީގު ނިމެންދެން ގޭބަންދުގައި ބަހައްޓާފައި ހުންނެވި ޔުމްނާގެ ޕާސްޕޯޓު ކުއްލިއަކަށް ހިފަހައްޓާފައިވާ ސަބަބެއް ސާފެއް ނުވެއެވެ.

ޔުމްނާގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓާފައިވާއިރު މިމަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ތުހުމަތުކޮށްފައިވާ މައްސަލާގެ ތަހުގީގީ ބަޔާން ނެގުމަށް ޔުމްނާ ފުލުހަށް ހާޒިރުކޮށްފަ އެވެ. އަދި އެކަމަނާގެ އަތުލިޔުމުގެ ސާމްޕަލެއް ނަގަން ބޭނުންވެ ފުލުހުން ވަނީ އެކަން ވެސް އަންގާފަ އެވެ.

ޔުމްނާ ވަނީ އެކަމަނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. އަދި ކޯޓު އަމުރެއްނެތި އަތުލިޔުން ދިނުމަށް ވެސް އިންކާރުކުރައްވާފަ އެވެ.