ހަބަރު

މައުމޫން ފައުންޑޭޝަންގެ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި

މައުމޫން ފައުންޑޭޝަނުން 10 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ފައުންޑޭޝަނުން 10 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލީ ފަސް ދާއިރާއަކުންނެވެ

އެ ފަސް ދާއިރާގެ ތެރޭގައި، ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަނާއި ބެޗަލާ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސްއާ ބެޗަލާ އޮފް ފިޒިއޮތެރަޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެ އެވެ.

ފައުންޑޭޝަނުން ހުޅުވާލި މި ސްކޮލަޝިޕްތަކަކީ ޕާޓް-ފަންޑަޑް ސްކޮލަޝިޕްތަކެވެ. ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖުގަ އެވެ.

މި ސްކޮލާޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީއަކީ މި މަހު 21 ވާ ބުރާސްފަތި ދުވަހެވެ.