ހަބަރު

ހެންވޭރުގެ ސަރަހައްދަކުން މިރޭ ފެން ކަނޑާލަނީ

Jun 5, 2018

މަރާމާތުގެ މަސައްކަތެއް ކުރުމަށް ޓަކައި ހެންވޭރުކޮޅު، ފެމިލީ ކޯޓުން އިމާރާތް ހިމެނޭ ހިސާބުން މިރޭ ފެން ކަނޑާލާނެ ކަމަށް ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

މިރޭ ފެންކަނޑާލަން ނިންމާފައި ވަނީ، އަމީނީ މަގާއި މޫންލައިޓް ހިމެނޭ ބްލޮކް ނަމްބަރު 25 އާއި އަމީނީ މަގާއި ރަތްވިލާ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 54 އާއި އަމީނީ މަގާއި ޖަނަވަރީ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 55 އަދި އަމީނީ މަގާއި އިނރުދޭމާ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 55 އިން ނެވެ. މި ސަރަހައްދުތަކުން ފެންކަނޑާލާނީ މިރޭ 10:00 އިން މެންދަމު 2:00 އަށެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" އެމްޑަބްލިއުއެސްސީ އިން ނެރުނު ބަޔާނުގައިވެ އެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 25ގައި ވެސް ފެންހޮޅިއެއް ހަލާކުވެ، ހެންވޭރުގެ ބައެއް ގެތަކުން ފެންކަނޑައިގެން ދިޔަ އެވެ.