ހަބަރު

ހެންވޭރުގެ ސަރަހައްދަކަށް މިރޭ ފެނުގެ ޕްރެޝަރު ދައްވާނެ

Jun 6, 2018

މަރާމާތުގެ މަސައްކަތެއް ކުރުމަށް ޓަކައި ހެންވޭރުކޮޅު، ފެމިލީ ކޯޓުގެ އިމާރާތް ހިމެނޭ ހިސާބުން މިރޭ ފެނުގެ ޕްރެޝަރު ދަށްވުން އެކަށީގެންވާ ކަމަށް ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

މިރޭ ފެނުގެ ޕްރެޝަރު ދައްވާނެ ސަރަހައްދަކީ، އަމީނީ މަގާއި މޫންލައިޓް ހިމެނޭ ބްލޮކް ނަމްބަރު 25 އާއި އަމީނީ މަގާއި ރަތްވިލާ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 54 އާއި އަމީނީ މަގާއި ޖަނަވަރީ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 55 އަދި އަމީނީ މަގާއި އިނރުދޭމާ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 55 އެވެ. މި ސަރަހައްދުތަކުން ފެނުގެ ޕްރެޝަރު މިރޭ 11:00 އިން މެންދަމު 3:00 އަށެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" އެމްޑަބްލިއުއެސްސީ އިން ނެރުނު ބަޔާނުގައިވެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭވެސް ވަނީ މަރާމާތުގެ މަސައްކަތެއް ކުރުމަށް އެ ސަރަހައްދުން ފެނުގެ ހިދުމަތް ކަނޑާލާފަ އެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 25ގައި ވެސް ފެންހޮޅިއެއް ހަލާކުވެ، ހެންވޭރުގެ ބައެއް ގެތަކުން ފެންކަނޑައިގެން ދިޔަ އެވެ.