ފިނިޕޭޖް

ޑިޒްނީގެ ޕްރިންސެސްތައް އެއް ފިލްމަކުން ފެންނަނީ

"ރެލްޕު ބްރޭކްސް ދި އިންޓަނެޓް :ރެކް-އިޓް ރެލްޕު 2" އޮފިޝަލް ޓްރެއިލާ.

ވޯލްޓް ޑިޒްނީ ޕިކްޗާސްއާއި ވޯލްޓް ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯސް ގުޅިގެން އަންނަ ނޮވެމްބަރު މަހު 18 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އެނިމޭޓެޑް ފިލްމު "ރެލްޕު ބްރޭކްސް ދި އިންޓަނެޓް :ރެކް-އިޓް ރެލްޕު 2" ގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ.

ގިނަ ބައެއް ޝައުގުވެރިކަން މި ޓްރެއިލާއަށް ދަމައިގެންފައިވާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޑިޒްނީގެ ޔުނިވާސްގައި ހިމެނޭ ހުރިހާ ޕްރިންސެސްތަކެއް މި ފިލްމުގައި އެއް ސީންއަކުން ފެނިގެންދިއުމެވެ.

އެ ސީންގައި ޑިޒްނީގެ ޕްރިންސެސުން ކަމަށްވާ ޖޭސްމީން، އެލްސާ، ސިންދުރެއްލާ، މޯއާނާ، ބެލް، އޮރޯރާ، ޓިއާނާ، މުލަން، އެނާ، ރެޕަންޒިލް، އޭރިއަލް އަދި ސްނޯ ވައިޓް ފެނިގެންދެ އެވެ. މިއީ ޑިޒްނީގެ މިހާ ގިނަ ޕްރިންސެސްތައް އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

"ރެލްޕު ބްރޭކްސް ދި އިންޓަނެޓް :ރެކް-އިޓް ރެލްޕު 2" އަކީ 2012 ވަނަ އަހަރު ނިކުތް "ރެކް-އިޓް ރެލްޕު" ގެ ސީކުއެލް ފިލްމެވެ. މި ފިލްމުގެ މައިގަނޑު ދެ ކެރެކްޓާއަކީ ރެލްފު އާއި ވެނޮލޯޕީ އެވެ. ރެލްފުއަށް އަޑު އަޅާފައި ވަނީ ޖޯން ސީ ރެލީ އެވެ. ވެނޮލޯޕީއަށް އަޑު އަޅާފައި ވަނީ ސާރާ ސިލްވާމަން އެވެ.

"ރެކް-އިޓް ރެލްފު 2" ގެ ވާހަކަ ބިނާވެފައި އޮންނާނީ ރެލްފު އާއި ވެނޮޮލޯޕީ، ދެމީހުން އިންޓަނެޓުގެ އެތެރެއަށް ވަމުނުމުން އެމީހުނަށް ދިމާވާ ކަންތައްތަކުގެ މައްޗަށެވެ. ޑިޒްނީގެ އެކި ކާޓޫންތަކަކުން ފެނިގެންދާ ގިނަ ކެެރެކްޓާސްތަކެއް މި ފިލްމުގައި ހާއްސަ ފެނިލުންތަކުން ފެނިގެންދާނެ އެވެ.

ޑިޒްނީގެ ކެރެކްޓާސްތަކުގެ އިތުރުން މާވެލް ޔުނިވާސް އަދި ސްޓާ ވޯޒްގެ ކެރެކްޓާސްތައްވެސް ފެނިގެންދާނެ އެވެ.