މިއުޒިކް

ވޯލްޑް ކަޕް ލަވައިގެ ވީޑިއޯ އާންމުކޮށްފި

0%
0%
0%

އަންނަ ބުރާސްފަތި ދުވަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕް 2018 ގައި އޮފިޝަލް ތީމް ލަވަ "ލިވް އިޓް އަޕް" ވީޑިއޯ ޔޫޓިއުބުގައި އާންމުކޮށްފި އެވެ. މި ލަވައިގެ އޯޑިއޯ ވަނީ މިދިޔަ މަހުގައި އާންމުކޮށްފަ އެވެ.

މި ލަވަ ކިޔާފައި ވަނީ ނިކީ ޖޭމް އާއި އީރާ އިސްތެރެފީ އަދި ވިލް ސްމިތް އެވެ. މި ލަވާގައި ރަޝިއާގައި ފީފާ ވޯލްޑްކަޕާއި ގުޅިގެން އޮތް ފޯރީގެ މަންޒަރުތައް ފެނިގެންދެ އެވެ. ވޯލްޑް ކަޕަށް ރަޝިއާގައި ތައްޔާރުކޮށްފައިވާ ސްޓޭޑިއަމްތައްވެސް ފެނިގެންދެ އެވެ.

ފީފާ ވޯލްޑް ކަޕް 2018 ގެ އޮފިޝަލް ލަވަ.

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޯނަލް މެސީ، މާރިއޯ ގޮޓްޒީ އާއި ސްޕެއިންއާއި ޖާރުމަނުގެ ޓީމުން ކުރީގެ ވޯލްޑް ކަޕްތަކުގައި ޓްރޮޕީ އުފުލާ މަންޒަރުތައް ވެސް މި ލަވައިގައި ހިމަނާފައިވެ އެވެ.

ވޯލްޑް ކަޕްއަށް ހާއްސަކޮށްގެން ކޮންމެ ފަހަރަކުވެސް އޮފިޝަލް ތީމް ލަވައެއް ނެރެ އެވެ. އެގޮތުން ކުރީގައި އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި ސައުތު އެފްރިކާގެ ވޯލްޑް ކަޕަށް ޝަކީރާ ކީ ލަވަ "ވައްކާ ވައްކާ" އާއި ފްރާންސްގެ ވޯލްޑް ކަޕަށް ރިކީ މާޓިން ކީ "ކަޕް އޮފް ލައިފް" ފާހަގަކޮށްލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910