ލައިފްސްޓައިލް

މުރަނަކޮށް ކުކުޅު ތެލުލަން މި އޮތީ ހައްލެއް!

ތަފާތު ރަހަރަހަޔަށް ކުކުޅު ހަދަން ދިވެހި އަންހެން ވެރިން ވަރަށް މޮޅުވާނެ އެވެ. ރޯސްޓެޑް ޗިކަންއާއި ބާބަކިއު ޗިކަންނާއި ގްރިލްޑް ޗިކަންނާއި ޗިލީ ޗިކަންނާއި މިހެން ގޮސް ކޮންމެ ވައްތަރަކަށް ކުކުޅު ތައްޔާރުކޮށްލުމަކީ އެ ވެރިންނަށް މާ އުނދަގޫކަމެއް ނޫނެވެ.

ކެއްކުމައް އެންމެވެސް ލޯބިކުރާނެ އެވެ. އަބަދުވެސް ތަފާތު ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށް އުޅޭނެ އެވެ. އާ ވައްތަރުގެ ކާތަކެތި ރެސިޕީތައް ބަލައިގެން ހެދުމަކީ އާދައެކެވެ. އެކަމަކު މި ހުރިހާ ކަމެއް ކޮށްގެންވެސް އެހާ ފަސޭހައިން ތައްޔާރުނުކުރެވޭނެ އެއްޗެއް އެބަ އޮތެވެ.

އެއީ ދިވެހިން ދެވިހިފާފައިވާ ކުކުޅު ބޭނުންކޮށްގެން ތައްޔާރުކުރާ، ކްރިސްޕީ ޗިކަން ނުވަތަ ބޭރު މުރަނަކޮށް ހުންނަ ގޮތަށް ކުކުޅު ތައްޔާރުކުރުމެވެ. އަމިއްލައަށް ގޭގައި ކްރިސްޕީ ޗިކަން ތައްޔާރުކޮށް ކައިފައިވާ މީހުން ވަރަށް މަދުވާނެ އެވެ. ގިނަބަޔަކަށް ކްރިސްޕީ ޗިކަން ކެވިފައި ހުންނާނީ ކޮންމެވެސް ރެސްޓޯރަންޓަކުން އެވެ.

މާލޭގެ މިހިރަ ފްރެންޗައިންސްތަކުން ވެސް މިހާރު މި ވައްތަރުގެ ކުކުޅު ލިބެންހުރެ އެވެ. އެކަމަކު އަމިއްލައަށް ކްރިސްޕީ ޗިކަން ތައްޔާރުކޮށްގެން ގޭގައި ކާލުން މާރަނގަޅުވެފައި ލިބޭ ހިތްހަމަ ޖެހުން ވެސް ބޮޑުވާނެ އެވެ. މައްސަލައަކީ، ކްރިސްޕީ ޗިކަން ތައްޔާރުކުރުމަކީ ފަސޭހަކަމަކަށް ނުވުމެވެ. ގިނަ ފަހަރަށް އޮންނަނީ ކުކުޅުގެ ބޭރު މުނަރަވެސް ނުވެ އެވެ. ނޫނީ މުރަނަވިޔަސް ކުކުޅުގަނޑު އޮންނަނީ ރަނގަޅަށް ރޯނުފިލަ އެވެ. މިއީ ގޫގުލްކޮށްގެން އަދި ރެސިޕީ ބަލައިގެން ވާން އޮތްކަމެއް ނޫނެވެ. އެހެން ވީމާ މިކަމަށް އޮތް ހައްލެއް ހޯދަމާ ހިނގާށެވެ.

ރާއްޖެއަށް ކޮލިޓީ އުފެއްދުންތައް ގެންނަ، ބެސްޓްބައި މޯލްޑިވްސް، ބީބީއެމްއިން މި ވަނީ މުރަނަ ކުކުޅު ތައްޔާރުކުރަން ހައްލެއް ހޯދައިދީފަ އެވެ. ކްނޯރު ބްރޭންޑްގެ ޗިކަން ކޯޓިން މިކްސް ބޭނުންކޮށްގެން މުރަނަ ކުކުޅު ރަހަމީރުކޮށް ތައްޔާރުކޮށްލެވިދާނެ އެވެ. ގޭގައި މުރަނަ ކުކުޅު ތައްޔާރުކުރަން މިއީ ޔަގީން ހައްލެކެވެ. އެހެންވީމާ، ކްނޯރު ޗިކަން ކޯޓިން މިކްސް ބޭނުންކޮށްގެން މުރަނަ ކުކުޅު ތައްޔާރުކޮށްލަމާ ހިނގާށެވެ.

ކްނޯރު ކޯޓިން މިކްސްއިން ކުކުޅު ތައްޔާރުކުރާނެ ގޮތް:

އެއް ކިލޯގެ ކުކުޅު މެރިނޭޓުކުރުމަށް 30 ގްރާމުގެ ނޯރު ސްޕައިސީ މެރިނޭޑް 50 މިލިލީޓާރުގެ ފެނުގަ ގިރާލާށެވެ. އެއަށްފަހު ކޮށާފައިވާ ކުކުޅުތަކުގައި ރަނގަޅަށް ކޯޓިން އުނގުޅުމަށްފަހު މަދުވެގެން ގަޑިއިރެއް ވަންދެން ރެފްރިޖަރޭޓަރުގައި ކުކުޅުތައް މެރިނޭޓް ކުރުމަށް ބަހައްޓާށެވެ.

ދެން ކުކުޅުގެ ކޯޓިން ތައްޔާރުކުރަން ފަށަންވީ އެވެ. އެއަށް ބޭނުންވާނީ ފަސް މޭޒުމަތީ ސަމުސާ ނޯރު ކޯޓިން ބޭޒް އާއި އެއް ކިލޯ ފުށެވެ. ފުށާއި ކޯޓިން ރަނގަޅަށް އެއްވަންދެން މިކްސްވަންދެން އެއްކުރާށެވެ. އެއްކުރި ފުށުގެ ތެރެއަށް މެރިނޭޓުކޮށްފައި ހުރި ކުކުޅުތައް އަޅާލައި ރަނގަޅަށް ފުށް އުނގުޅާށެވެ. ކުކުޅުގައި ރަނގަޅަށް ފުށްލައި، އެންމެ މީރުކޮށް މުރަނަ ކުރަން ބޭނުންނަމަ ދެ ފަހަރު ކޯޓިން ލާން ވާނެ އެވެ. ފުރަތަމަ ކޯޓިން އަށް ފަހު 10 ސިކުންތު ވަންދެން ކުކުޅުތައް ފިނި ފެނުގެ ތެރެއަށް ލާފައި
ނަގާށެވެ. އަދި ދެވަނަ ކޯޓިން ހަމަ ކުރި އެކޭ އެއްގޮތަށް ލާށެވެ. ކުކުޅު ކޯޓްކުރާއިރު، ރަނގަޅަށް ކުކުޅުގައި ފުށް ލެވޭނެހެން އަތުން ފިތަން ވާނެ އެވެ.

މިހާރު މުރަނަކޮށް ކުކުޅު ތެލުލާ ހިސާބަށް މި އައީ އެވެ. ދެން އޮތީ މުރަނަކޮށް ތެލުލުމެވެ.
ކުކުޅުތައް އެޅުމުގެ ކުރިން 180 ޑިގްރީ ސެލްސިއަސްއަށް ތެޔޮ ގަނޑު ހޫނުކުރާށެވެ. އަދި އެއްފަހަރު ކުކުޅުތައް ފުށާއެއްކުރުމަށްފަހު ތެޔޮގަނޑު ތެރެއަށް ލާށެވެ. ރަނގަޅަށް ރޯފިލަންދެން ކުކުޅު ތެއްލާށެވެ. ކުކުޅުގެ ބޭރުގައި ލާފައިވާ ކޯޓިންއަށް މަޑު މުށިކުލައެއް އަރަންދެން ކުކުޅުގެ ބޭރުގައި ލާފައިވާ ކޯޓިން ތެލުލާށެވެ. އޭރުން ކްރިސްޕީ ޗިކަން ތައްޔާރުވީ އެވެ.

އިތުރަށް ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް ވެސް ނޯރު އިން ވަނީ ހައްލެއް ދީފަ އެވެ. ނޯރު ސްޕައިސީ މެރިނޭޑް ނޫނީ ކުކުޅުތައް މެރިނޭޓްކުރާ ކްރީމް ގަނޑުގެ ތެރެއަށް އެޅިދާނެ އެވެ.

ދެން މިއޮތީ މުރަނަކޮށް ކުކުޅު ހަދަން ބޭނުންވާ އެންމެނަށް އޮތް ޓިޕްސް އެކެވެ. ކްރިސްޕީ ޗިކަން ތައްޔާރުކުރުމަށްފަހު ގިނަ ވަގުތު އެ ކުކުޅުތައް ވަކަ ނުވެ ހުންނާނެ ގޮތް ހަދަން ބޭނުންނަމަ ކޮންމެ ކުކުޅު މަސްކޮޅެއް ވަކިން އެކަތި އަނެއްކައްޗާއި ނުޖެހޭ ގޮތަށް ބެހެއްޓުމަށްފަހު ތެލުލާށެވެ.

އެހެން ވީމާ، ނޯރު ބްރޭންޑްގެ ކޯޓިން މިކްސް ބޭނުންކޮށްގެން މުރަނަ ކުކުޅު ގޭގައި ތައްޔާރުކޮށްލައިގެން ކާލަން މިހާރު ފަސޭހަވާނެ އެވެ. އެހެން ވީމާ މި ރެސިޕީގެ އަޖުމަ ބަލައިލަން ކްރިސްޕީ ޗިކަން ތައްޔާރުކުރަމާ ހިނގާށެވެ.

ބީބީއެމްއިން އެތެރެކޮށް ވިއްކާ ކްނޯރު ޗިކަން ކޯޓިން މިކްސް ޝޮޕް އެންޑް ސޭވް އަދި މާލޭގެ ބޮޑެތި ފިހާރަތަކުން ގަންނަން ލިބެން ހުންނާނެ އެވެ.