މީހުން

ރުޚުސާ: ފޮނިތޮށީގެ ޑޮކްޓަރު!

ރުހުޝާ އަވަސްއަށް ދީފައިވާ ވީޑިއޯ އިންޓަވިއު | އަވަސް

ކުޑައިރުވެސް އައިމިނަތު ރުޚުސާ އަހުމަދު ބަދިގޭގެ ތެރެއަށް ވަދެ ކައްކާ ހަދަ އެވެ. އެކަމަކު ކުޑައިރުގެ ހަަނދާންތައް ދޫކޮށް ބޭރަށް ކިޔަވަން ދިޔައީ ކެއްކުމުގެ ރޮނގުންނެއް ނޫނެވެ. ޑޮކްޓަރަކަށް ވާށެވެ. އެކަމަކުޔ ރުޚުސާ ވީގޮތަކީ ފޮނިތޮއްޓާ ދުރަށް ނުދެވުނީ އެވެ. އެ ފޮނިތޮއްޓާ ދުރަށް ނުދެވިގެން "ފޮނިތޮށި އެމްވީ" ގެ ނަަމުގައި ކެެއުންތަކުގެ ޕޭޖެއް އިންސްޓަގްރާމްގައި ހަދާ ފޮނިތޮށީގެ މީރު ރަހަ ދައްކަނީ އެވެ. ރުޚުސާގެ ދުނިޔެއަކީ އޭނާގެ ބަދިގެ އެވެ. ކިޔަވަން ގޮސް އުޅުމުގެ ތެރޭގައި ރުޚުސާއަށް އޭނާ އަސްލު ދާއިރާ ފެނުނީ އެވެ.

"ބޭރުގައި ކިޔަވަން އުޅުނު އިރު އެހެން ދިވެހި ކުދިން އަބަދުވެސް ވަރަށް އެކީގައި އުޅޭނީ. އޭރު އަަބަދުވެސް ހަފުތާ ބަންދެއް އަންނަ ނަމަ ދިމާވެލާފައި ވަރަށް ކައްކާނެ. އޭރު އަސްލު ބޮޑަށް އެނގުނީ މިއީކަން ޓްރޫ ޕެޝަން އަކީ. ކުރާ ހިތްވާ ކަމަކީ މިއީ ކަން. އެހިސާބުން މަންމަމެން ކައިރީ ބުނީ މެޑިސިން ކިޔަވާކަށް ބޭނުމެއް ނޫނޭ. ދެން ޕޭރެންޓްސް އަސްލު ވަރަށް ސަޕޯޓިވް. ދެން ފަހުން ކަލިނަރީ އާޓްސް ކޯހާއި ޕެޓިސަރީ ކޯސް ހެދީ" ކެއްކުމަށް ދެވިފަ އޮތްް ލޯބި ރުޚުސާ ކިޔައިދިނެވެ.

ކޯސް ހަދަމުން ދިޔަ އިރު ގޮތް ގޮތަށް ޑިޒައިންކޮށް ހަދާފައި ހުންނަ ކެއްކުންތަކުގެ ފޮޓޯތައް އޭނާގެ އަމިއްލަ އިންސްޓަގްރާމް ޕޭޖުގައި އޭރު ހިއްސާ ކުރި އެވެ. އެ އެކައުންޓުގައި ކާ އެއްޗެހީގެ ފޮޓޯ ހިއްސާ ކުރުމުން "ރުހުސާގެ މުޅި އެކައުންޓުގައި އޮތީ ކާ އެއްޗިއްސޭ އަބަދު ކައްކަނީއޭ" ކިޔާ މީހުން ސުވާލުތައް ގިނަ ކުރަން ފެށުމުން ފެށުމުން "ފޮނިތޮށި އެމްވީ" އަށް އެ ފޮޓޯތަައް އެއްކޮށް ފޮނުވާލީ އެވެ. ދެން އެތާނގައި ރަނގަޅަަށް ކައްކަން ފެށީ އެވެ. ބަދިގޭގެ ކެއްކުމުގެ މީރު ވަސްގަނޑުގެ ތެރެއަށް ވަދެވުނީ މި ފޮނިތޮށީގެ ވަހާއެކު އެވެ.

"އެއްބައި މީހުން ދެކޭ ގޮތް ވަރަށް ތަަފާތު އަސްލު ޕާސަނަލް އެކައުންޓަށް އެ ފޮޓޯތައް ލީމަ. ހީކުރަނީ ދެން އަބަދު ކައްކާފައި ކެއުމޭ ކުރާ ކަމަކީ... އެހެންވީމަ ދެން ހިތަށް އެރީ މިއީ ކާކުކަން ނޭނގޭ ގޮތަށް ޝެއާ ކުރާނީ ޕަބްލިކް އެކައުންޓެއްގަ އޭ. ދެން އަމިއްލަ ނަން ނުޖަހާ ވިސްނީ ޕޭޖަށް ކިޔާނީ ކޮން ނަމެއްތޯ. އަަސްލު ކައްކަން ފެށިއިރު ސިސްޓަ އިންލޯސް ވަރަށް ކާހިތްވާނެ ސިނަމަން ރޯލްސް. ދެން އެމީހުންނަށް ވަރަށް ގިނައިން ހަދައިދެން. ދެން ހިތަށް އެރީ ކައްކަން ފެށި ގޮތަކީވެސް މިއޭ. ސިނަމަން އަކީ ވަރަށް މަޝްހޫރު ބްރޭންޑެއްތާ ދޯ؟ އެހެންވެ ދެން އޭގެ ދިވެހި ބަސް މި ބޭނުން ކުރަނީ"

ރުޚުސާގެ އާއިލާ މީހުންނަށް ފޮނިތޮށި އަޅައިގެން ހެދި ސިނަމަން ރޯލްސްތަައް މީރީ ހަމަ އެކަނި އާއިލާ މީހުންނަކަށް ނޫނެވެ. ރުޚުސާގެ ވެސް ފޭވަރިޓެއްގެ ގޮތުގައި ފޮނިތޮށި ހިމެނެ އެވެ.

ފޮނިތޮށި ޕޭޖުގައި ކައްކާ އެއްޗެހި ވިއްކުމާއި ރެސިޕީތައް ހިއްސާކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ގިނަ ފަހަރަށް ލިބޭ އޯޑަރު ތަކަށް އޮންނަނީ ކައްކާނެ ވަގުތުވެސް ނުވެފަ އެވެ. ދެ ކުދިންގެ މަންމަ އަކަށް ވެފަައި ވަގުތު ދޭން އުނދަގޫ ވަނީ އެވެ. އެކަމަކުވެސް، މިވެނި އެއްޗެއް މިއަދު އެބަ ކައްކަމޭ ބުނެ ޕޭޖުގައި ލިޔެލުމުން ދެން އޯޑަރުތަކަށް ހުއްޓުމެއް ނާދެ އެވެ. އެއްދުވަސް ކުރިން ބުކް ކުރަން ވެސް ޖެހެ އެވެ. ރުޚުސާގެ ދެހާހެއްސާ ފޮލޯވަރުން ތިބެނީ އޭނާ ކައްކާކެ ދުވަހަކަށް ބަލަބަލަ އެވެ.

ފުޑް ބްލޮގަރުންތެރޭ ރާއްޖޭގައި ފާހަގަ ކޮށްލެވޭ ރުޚުސާގެ މި ފޮނިތޮށި ޕޭޖުގައި ހިއްސާ ކުރާ ރެސިޕީތަކާއި ސިއްހަތަށް ފަައިދާ ހުރި ކެއުންތައް ޒުވާނުންގެ ތެރޭގައި ވަރަށް މަގުބޫލެވެ. ނަމަވެސް، ޑޮކްޓަރަކަށް ވާން ކިޔަަވަން ދިޔަ ރުޚުސާ މުޅިި ކެރިއަރު އެއްކޮށް ބަދަލުކޮށްލަން ޖެހުމަކީ ދިމާވި ބޮޑު ގޮންޖެހުމެކެވެ. އެކަމަކު އެއީ އޭނާ ކުރިއެރުމަށްވެސް ވިއެވެ.

"ކަލިނަރީ ފީލްޑަށް ބަދަލު ކުރީމަ އާއިލާގެ މީހުން ވެސް ފުރަތަމަކޮޅު އެހާ ސަަޕޯޓިވް އެއް ނޫން. އެކަމަކު މިހާރު މީހުން ދެކޭ ގޮތް ތަފާތު. މިއީ އަމިއްްލަ އަށް ހިޔާރުކުރި ދާއިރާއެއް... ކުރިއަށް ދާނީ މި ދާއިރާއިންނޭ"