ރިއަލިޓީއަކީ ކޭކުގެ ތެރެއަށް މިހާރު ކަނަމަދު ކޭކު ވެސް ތައާރަފު ކޮށްފި އެވެ. ރިއަލިޓީއަކީ އަހަރުތަކެއް ކުރިން މި ކޭކް ތައާރަފު ވެފައިވާއިރު މިހާރު މާލޭގައި ވެސް އަތޮޅުތަކުގައި ވެސް އެންމެ ހިނގާ ކޭކަކީ ކަނަމަދު ކޭކެވެ. ރާއްޖޭގައި އެންމެ މަގުބޫލް ކޭކަކަށް މިހާރުވެފައި ވަނީ ކަނަމަދު ކޭކްކަން ވެސް އެއީ ރިއަލިޓީ އެވެ. ކަނމަދު ކޭކްގައި އެހެން މީރު ކަމެއް ވެސް މިހާރު ވެއެވެ. އެއީ ދިވެހިވަންތަ ކޭކެއްގެ ގޮތުގައި ދިވެހިން ބަލައިގެންފައިވާ ކަމުގެ މީރު ކަމެވެ. މިހާރު ދެން ވަރަށް ގިނަ މީހުން މި ކަނަމަދު ކޭކް އަޅަ އެވެ. އެކަމަކު ކަނަމަދު ކޭކުގެ ވައްތަރުތަކުގެ ތެރެއިން އެންމެ މީރީ ކޮން ވައްތަރެއްތޯ އަހައިފިއްޔާ "ކަނަމަދު ކެރަމަލް ޕުޑިން ކޭކް" އެއީ އެއްވަނަ ކަމަށް މީހުން ބުނެ އެވެ. ރިއަލިޓީއަކީ ވެސް އެއީ އެވެ.
މި ވައްތަރު ކޭކް އެޅުމުގައި ވެސް ހިނގާ ނަންތައް މިހާރު ބްރޭންޑްތަކަކަށް ބަދަލުވެފައި ވެއެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން (އައިޝް) ގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކަކީ މާ ބާރަކަށް ހިނގައިގަނެގެން އުޅޭ ކޭކެކެވެ. މިހާރު މިދާ ބޮޑު ދިގު ލޮކްޑައުންގައި ވެސް ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ އައިޝްގެ އެ ކޭކް ކަމަށް ވެއެވެ.
އަހަރެމެނަށް މީގެ ކުރިން އައިޝް ފެނިލާފައި ވަނީ ސިޔާސީ ހަރަކާތަކުގެ ތެރެއިން ކަމަށް ވިޔަސް 2016 ވަނަ އަހަރުން ފެށިގެން މާޝާސް ކޭކް އެންޑް ޓޭސްޓް ގެ ނަމުގައި އައިޝް ކޭކު އަޅައި މަޝްހޫރުކަން ހޯދާފައި ވެއެވެ. އައިޝްގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކަކީ މާފަހުން އޭގެ ތެރެއަށް ވަދެ މާ ގަދަކޮށްލައި މީހުނަށް މީރުވި ކޭކެކެވެ.
"އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއްވީމަ ފެށުނީ... މިހާރު ތަފާތު އެކި ހަފުލާތަކަށް ވަރަށް ގިނަ ބަޔަކަށް ކޭކު އަޅައިދެން. އައިޝް އަޅައިދޭ ކޭކާމެދު މިހާރު ވަރަށް ގިނަ ބައެއްގެ އިތުބާރުވެސް ބޮޑުވެފައިވޭ" ކުރީގެ މެންބަރު އިލްހާމްގެ އަނބިކަނބަލުން ވިދާޅުވި އެވެ.
ކޭކްގެ އެޅުމުގައި ކުރިން ވެސް އާންމުންގެ ބޮޑު އިތުބާރު ހޯއްދަވާފައިވާ އައިޝް މިފަހަރު މަގުބޫލް ކަމެއް މި ހޯދީ ކަނަމަދު ކެރަމަލް ޕުޑިން ކޭކު އަޅައިގެނެވެ. މިއީ އައިޝްގެ ހާއްސަ ރެސިޕީއަކަށް އޭނާ ތައްޔާރުކުރާ ހާއްސަ ކޭކެވެ. އެއްފަހަރު ރަހަ ބަލައިފިއްޔާ ކާ ހިތުން ދެން ހަމަ ނުހުރެވޭ ކަމަށް ވެއެވެ.
"އަބަދުވެސް ބޭނުންވޭ ވަރަށް ތަފާތު މީރު ކޭކެއް އަމިއްލައަށް ތައްޔާރު ކޮށްލަން! އެގޮތަށް މަސައްކަތް ކުރަމުން އައިސް ކަނަމަދު ކެރަމަލް ޕުޑިން ކޭކް ތައާރަފު ވެގެން މިދިޔައީ. މި ކޭކު ކެއި ކޮންމެ މީހަކަށް ވަރަށް ކަމުދާކަމަށް ބުނަނީ. އެހެންވީމަ އެއީ ވަރަށް ބޮޑު އުފަލެއް. އެންމެން އުފާވަނީ އަޅުގަނޑުގެ މި އުފެއްދުން އާންމުން ވަރަށް ބޮޑަށް ބަލައިގެންފައިވާތީ،" އައިޝް ވިދާޅުވި އެވެ.
އައިޝްގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކެއް ގަތް އަންހެން ކުއްޖަކު "އެވަރު ރަހައެއް އަދި އަރުތެރޭގައި ނުލާ" ކަމަށް ބުނެ އައިޝްގެ އެ ކޭކްގެ ރަހަ ބަލަން ބޭނުންތޯ ސޯޝަލް މީޑިއާގައި ސުވާލެއް ކޮށްފައި ވެއެވެ. އެ އަންހެން ކުއްޖާ ބުނާ ގޮތުގައި އައިޝްގެ މި ކޭކުން އެތިކޮޅެއް އަނގައަށް ލުމާއެކު އަނގައިގެ ތެރެއަށް ވިރިގެން ދަނީ އެންމެ މަތީފެންވަރުގެ އައިސް ޗޮކްލެޓް އަނގައިގެ ތެރޭ ވިރިގެން ދާހެނެވެ.
ކޮންމެހެން ވެސް އައިޝްގެ މި ކޭކް ކާން އެބަޖެހެ އެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ހަމަ އޯޑަރުކޮށްލާއިރަށް ގޭ ދޮރާ ހަމައަށް ޑެލިވަރީ ކޮށްލައިދެ އެވެ. މިއަކީ މާ ގިނަ ވަގުތެއް ވެސް ހޭދަވާ ކަމެއް ނޫން ކަމަށް އައިޝް ވިދާޅުވެ އެވެ.
"ހުޅުމާލެއިން ކުރާ އޯޑަރުތަކަށް 30 މިނެޓެއް ނުވާނެ... މާލެއިން ކުރާ އޯޑަރުތަކަށް ގަޑިއިރެއްގެ ތެރޭގައި އޯޑަރު ކޮށްދޭނެ" އައިޝް ވިދާޅުވި އެވެ. "ލޮކްޑައުންގެ މި ދުވަސްވަރު އަޅުގަނޑަކަށް ނޭނގޭ ވަގުތައް ދާގޮތް ވެސް މުޅިން މި އުޅެވެނީ ކޭކު އެޅުމުގައި،"
އައިޝްގެ ކަނަމަދު ކޭކުގެ އަގުތައް
- އެއް ޕައުންޑް: 180 ރުފިޔާ
- ދެ ޕައުންޑް: 280 ރުފިޔާ
- ތިން ޕައުންޑް: 380 ރުފިޔާ
- މާލެ، ހުޅުމާލެއަށް ހިލޭ ޑެލިވަރީ
- އަތޮޅުތަކުގެ ބޯޓް ފަހަަރަށް ވެސް ޑެލިވަރީ ކޮށްދޭ
- މާލެއިން ދޭ އޯޑަރު އެއް ގަޑިއިރުތެރޭ ލިބޭނެ
- ހުޅުމާލެއިން ދޭ އޯޑަރު ބައިގަޑިއިރު ތެރޭ ލިބޭނެ
- އޯޑަރު ކުރަން: 7956020
އައިޝް ވިދާޅުވި ގޮތުގައި އޭނާ ކޭކް އޯޑަރުތައް ނަގަނީ ހަމައެކަނި މާލެ އާއި ވިލިމާލެ އާއި ހުޅުމާލެއަކަށް ނޫނެވެ. އަތޮޅުތަކުގެ ތެރެއިން އަންނަ އޯޑަރު ވެސް ނަގަ އެވެ. އޯޑަރު ދިނުމުން އެ ރަށަކަށް ފުރާ ބޯޓްފަހަރާ ހަމައަށް ކޭކް ޑެލިވަރީ ކޮށްދޭނެ އެވެ.
"މިހާރުވެސް ވަރަށް ގިނައިން އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ވެސް ފޮނުވައިދެން. އެ ރަށްރަށުން ދޭ އޯޑަރު ބަލައިގަނެ ބޯޓްތަކާއި ހަމައަށް އަޅުގަނޑު ޑެލިވަރީ ކޮށްދެން. އަދި ވިލިމާލެ ފެރީ ޓާމިނަލްއާއި ހަމައަށް ވެސް އަޅުގަނޑު ޑެލިވަރީގެ ހިދުމަތް ދެން،"
އަނގަޔަށް މީރު ވުމުގެ އިތުުރުން އައިޝްގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ގިނަ ދުވަހަށް ބޭނުން ކުރެވޭ ގޮތަށް އެ ކޭކް ތައްޔާރު ކުރުމެވެ. އައިޝް ވިދާޅުވި ގޮތުގައި އާދައިގެ ޓެންޕަރޭޗަރުއި ވެސް ހަތް ދުވަސް ވަން ދެން އެ ކޭކް ބޭނުން ކުރެވޭނެ އެވެ. އެކަން ޔަގީންކޮށް ޓެސްޓް ކޮށްފައިވާއިރު އެ މުއްދަތުގައި ކޭކުގެ ރަހަ އާއި ވަހަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
"އެއީވެސް އައިޝްއަށް ކަސްޓަމަރުން ވަރަށް ބޮޑަށް އިތުބާރު ކުރި ސަބަބަކަށްވި... ހާއްސަކޮށް މި ކަނަމަދު ކެރަމަލް ޕުޑިން ކޭކްގައި" އޭނާ ވިދާޅުވި އެވެ.
އަދިވެސް އެއް ކަމެއް އެބައޮތެވެ. އައިޝްގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކްގެ ޕެކިން ވަރަށް ތަފާތެވެ. ކޭކް ޑެލިވަރީ ކޮށްދެނީ ރައްކާތެރި ކަމާއެކު އެވެ. އަދި ރަށްރަށައް ގެންދެވޭނެހެނާއި ގޭގައި ވެސް ބެހެެއްޓޭނެ ގޮތަކަށް ކޭކް ޕެކްކޮށް ދީފައި ހުރެ އެވެ.
އައިޝް ވިދާޅުވި ގޮތުގައި މި ދުވަސްވަރު ލޮކްޑައުންގައި ތިބެން ޖެހުނަސް ވަރަށް ގިނަ ބަޔަކު އެނިވާސަރީ އާއި އުފަން ދުވަސް ފާހަގަ ކުރުމަށް ކަނަމަދު ކެރަމަލް ޕުޑިން ކޭކެއް ތައްޔާރު ކުރަން އޭނާއަށް ގުޅަ އެވެ. އަދި މިހާރު ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ކަނަމަދު ކެރަމަލް ޕުޑިން ކޭކަށް އޯޑަރު ކުރެ އެވެ.
އެ މަސައްކަތުގައި އައިޝްގެ އެންމެ ގާތް ބައިވެރިންނަކީ އާއިލާއެވެ. ހާއްސަކޮށް ފިރިކަލުން އިލްހާމެވެ. މަސައްކަތުގައި ކުރިއަށް ދިއުމާއި ޑެލިވަރީ ކުރުމާއި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދައި ދިނުމުގައި އިލްހާމް ވެސް އުޅުއްވަ އެވެ. ދެން އައިޝްގެ އަންހެން ކޮއްކޮ، މެއްކޮ އެވެ.
"މެއްކޮގެ ސަޕޯޓް ވަރަށް ބޮޑު، ހާއްސަ ކޭކު އެޅުމުގައި މެއްކޮގެ ހެލްޕް ވަރަށް ބޮޑު، އެހެންވީމަ އެކަން ވަރަށް ފާހަގަ ކޮށްލަން ބޭނުން... ފިރިމީހާ އިލްހާމްގެ ސަޕޯޓާއި މުޅި އާއިލާއިން ދޭ އެހީތެރިކަން ވެސް ބޮޑު. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އާންމުން ކުރާ އިތުބާރާއި ޕޮޒިޓިވް ފީޑްބެކް... އިރާދަ ކުރެއްވިއްޔާ މި ކޮލިޓީގައި އަބަދު ވެސް މި ކޭކް ޕްރޮވައިޑް ކޮށްދޭނަން."
މާލެ ލޮކްޑައުނަށް ދިޔައިރު ވެސް އައިޝްގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކް ވަރަށް ގިނަ ރެސްޓޯރަންޓާއި ކެފޭތަކުގެ ހުއްޓެވެ. އެކަމަކު މިހާރު މި އޮތީ އެއަށްވުރެ މާ ފަސޭހައިން ކޭކްގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބިފަ އެވެ. މިހާތަނަށް އައިޝްގެ ކޭކްގެ ރަހަ ބެލި ކޮންމެ މީހެއްގެ ފަރާތުން ލިބުނީ ޕޮޒިޓިވް ކޮމެންޓެކެވެ. އެންމެ ބޮޑު ހެއްކަކީ ތަކުރާރުކޮށް އޯޑަރުތައް ލިބެ މުން ދިއުމެވެ. އެހެންވީމަ އައިޝްގެ ކަނަމަދު ކެރަމަލް ޕުޑިން ކޭކްގެ ރަހަ ކޮންމެހެން ބަލައިލަން ޖެހެއެވެ. އައިޝް ހުންނެވީ ރަހަ ދައްކަން ހުރިހާ ވަގުތަކަށް ވެސް ހުސް ވެގެނެވެ.