ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކާނާ

ކާ އެއްޗެހި ގެއާ ހަމައަށް: ގޭގައި ތިބޭ

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތައް ބަންދު ކުރުުމުން ކާބޯތަެކެތީގެ ހިދުމަތް މިހާރު ދެމުންދާ ގޮތުގެ މައްޗަށް އަވަސް އިން ތައްޔާރު ކޮށްފައިވާ ވީޑިއޯ -- އަަވަސް ވީޑިއޯ | އާއިމް ޒަމީރު

މެންދުރުގެ ކެއުމުގެ ވަގުތަކީ ގިނަ ރެސްޓޯރެންޓް / ކެފޭ ތަކަށް އެންމެ ބާރު ބޮޑު ވަގުތެވެ. އެ ގަޑިއަކީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ އޮކްސިޖަން ރެސްޓޯރެންޓްގެ ބުފޭ ކައިރީ ކިޔޫ ދަމާލާފައި އޮވެ އެވެ. އެކަމަކު މިހާރު މާލޭގެ ކެއިން ބުއިމުގެ ހިދުމަތް ދޭ އެހެން ތަންތަނެކޭ އެއްގޮތަށް އެ ރެސްޓޯރެންޓުން ވެސް ފެންނަނީ ފަޅު ކަމެވެ. ކޮވިޑް-19 އިގެ ބަލާއާފާތުގެ ބިރަށް ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ތިބެގެން ކެއުން މަނާ ކުރުމާއެކު އެފަދަ ތަންތަން ވަނީ ވަރަށް ބޮޑަށް ފަޅުވެފަ އެވެ.

އެހެން ނަމަވެސް ކެފޭ އާއި ރެސްޓޯރެންޓްތަކުން ވިޔަފާރި ކުރިޔަށް ގެންދެވޭނެ މަގެއް ހޯދާފައި ވެއެވެ. އެއީ ގޭގައި ތިއްބައި ކެއުންތައް ގެންގޮސް ދިނުމެވެ. ނުވަތަ ހޯމް ޑެލިވަރީގެ ހިދުމަތެވެ. ރެސްޓޯރެންޓްތައް ބަންދުވި ނަމަވެސް އެތަންތާނގެ ބަދިގެ ހުއްޓުމަކަށް ނާދެ އެވެ. މިހާރު ގޭގައި ތިއްބާ ގެއާ ހަމައަށް ކެއުންތައް ގެންގޮސް ދޭން ވަނީ ފަށާފަ އެވެ.

"އަޅުގަނޑުމެން މިއޮތީ ހާލަތަށް ވަރަށް ބޮޑަށް ވިސްނާފައި. އޮކްސިޖަންގެ ދެ ކެފޭ ޝަޓްޑައުންކޮށް، އެތަނުގެ މުވައްޒަފުންނާއެކު ހެންވޭރު އޮންސިޖަންގައި ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް މިދެނީ. އަޅުގަނޑުމެންގެ ޑެލިވަރީ އާއި ޓޭކްއަވޭއަށް ވަރަށް ހާއްސަ މެނޫ އެއް ހިމެނޭ. މި މެނޫ އޮތަސް އޮކްސިޖަންގެ ސިގްނޭޗާ ޑިޝްތައް ވެސް އޯޑަރު ދިނުމުން ލިބޭނެ،" އޮކްސިޖަން އިން ވާހަކަ ދެއްކި މުހުތާރު މުހައްމަދު ބުންޏެވެ.

ކޮވިޑް-19 އިގެ ސަބަބުން ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ބަންދު ކުރަން ޖެހުމަކީ ވަރަާށަް ބޮޑު ގެއްލުމަކަށް ވެފައި ވެއެވެ. ނަމަވެސް މި ހާލަތުގައި ވެސް އެ ހިދުމަތް ދޭ ތަންތަނުން އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި ވަނީ ދެވެން އޮތް ގޮތަކަށް ހިދުމަތް ދޭން ފަށާފަ އެވެ. މި ހިދުމަތް ދެނީ ސާފު ތާހިރުކަމުގެ ރަނގަޅު ފިޔަވަޅުތައް އަޅައިގެންނެވެ.

މުހުތާރު ބުނި ގޮތުގައި އޮކްސިޖަންގެ ބަދިގެއަށް ކާބޯތަކެތި ތައްޔާރު ކުރަން އުޅޭ މުވައްޒަފުން ނޫން އެހެން އެއްވެސް މުވައްޒަފަކަށް މިހާރު ނުވަދެވޭނެ އެވެ. އަދި ބޯތަކެތި ތައްޔާރު ކުރަނީ ސާފުތާހިރު ކޮށްތޯ މެނޭޖްމަންޓުން އަބަދު ވެސް ބަލަމުންދާނެ އެވެ. ބަދިގޭގައި އުޅޭ މުވައްޒަފުންވެސް މަސައްކަތަށް ވައްދަނީ އެމީހުންގެ ހާލަތު ރަނގަޅަށް ބަލާ މޮނިޓާ ކުރުމަށްފަހުގަ އެވެ.

"ކިރިޔާ ވެސް ހުމުގެ އަސަރެއް ނޫނީ ރޯގާގެ އަސަރެއް ހުއްޓަަސް އެ މުވައްޒަފުން މަސައްކަތްތަށް ނުނިކުންނާނެ،" މުހުތާރު ބުންޏެވެ.

އޮކްސިޖަން އިން ވަނީ ފޭސްބުކް ޕޭޖުގައި އެ ކެފޭ އިން ލިބެންހުރި ހުރިހާ ޑިޝްއެއްގެ މައުލޫމާތު ހިމަނާފަ އެވެ. އަދި ކޮންމެ ސިގްނޭޗާ ޑިޝްއަކާއެކު ސޮފްޓް ޑްރިންކްސް ހިލޭ ލިބޭ ގޮތް ވެސް ހަދާފައި ވެއެވެ.

އެހެން ގިނަ ރެސްޓޯރެންޓްތަކުން ވެސް ވަނީ އެބަދަލު ގެނެސްފަ އެވެ. އަދި ހުރިހާ ތަނަކުން ވެސް ވަނީ އާ މެނޭތަކާއި އާ އަގުތަކެއް ނެރޭ ގެއާ ހަމައަށް ކާއެއްޗެހި ފޮނުވައިދޭން ފަށާފަ އެވެ.

އަރަބި ކެއުން ތަކަށް ހާއްސަކޮށް ގިނަ ބާވަތް ތަކެއް ހިމެނޭ ސޫމްގެ މެނޭޖާ އަހްމަދު ރަޝާދު ބުނި ގޮތުގައި އެ ރެސްޓޯރެންޓް ވެސް އޮތީ ޑެލިވަރީ އާއި ޓޭކް އަވޭއަށް ތައްޔާރުވެ ހިދުމަތް ފަށާފަ އެވެ. ސަރުކާރުން އަޅާ ފިޔަވަޅެއްފެ ގޮތުގައި ރެސްޓޯރެންޓް / ކެފޭތައް ބަންދު ކުރުމުގެ ކުރިންވެސް ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދެ އެވެ. އަދި މިހާރު އެ ހިދުމަތް ވަނީ ކުރިއަށްވުރެ ފުޅާ ކޮށްފަ އެވެ.

"މި ހިދުމަތް ދޭނީ ކޭޝްލެސް ޓްރާންސެކްޝަންއަކުން، އެއްވެސް ގޮތަކަށް ނަގުދު ފައިސާއެއް ބޭނުމެއް ނުކުރާނެ،" އޭނާ ބުންޏެވެ.

ޓިއުލިޕް ރެސްޓޯރެންޓް ވެސް ވަނީ ގެއަށް ކާ އެއްޗެހި ފޮނުވައިދޭން ތައްޔާރުވެފަ އެވެ. އަދި ޓިއުލިޕް ތިރީގައި ހުންނަ ބޭކަރީއިން ވެސް ތަފާތު މީރު ޕޭސްޓްރީތައް ވެސް އެބައިގައި ހިމަނާފައި ވެއެވެ. އެ ތަނުގައި "ރެޑީޓު އީޓް" ގޮތަށް ތައްޔާރު ކޮށްފައިވާ ހާއްސަ ޕެކޭޖްތަކެއް ވެސް ހުރެ އެވެ. މި ޕެކޭޖުތައް ވަނީ މިހާރުގެ ހާލަތަށް ބަލައި އަގު ހެޔޮކޮށްފަ އެވެ. އަދ ޕެކޭޖެއް ގާތްގަނޑަކަށް 40ރ. ވަަރަށް ލިބެ އެވެ.

ޓިއުލިޕް ރެސްޓޯރަންޓުން ހަސަން ޖަލާލް ބުނި ގޮތުގައި އަގުތަައް ހުންނާނީ މިހާރު މިއޮތް ހާލަތާ ގުޅުވައިގެން ހެޔޮ ކޮށްފަ އެވެ.

"އަޅުގަނޑުމެން ހުންނާނީ މި ދުވަސް ވަރަށް ހާއްސަކޮށް ވަރަށް ހެޔޮ އަގުގަ ކަސްޓަމަރުންގެ ތެރޭގަ އެންމެ މަގުބޫލު ކާތަކެތި ހިމަނާފައި. އަޅުގަނޑުމެން މެނޫގަ ހުންނަ އަގުތަކަކީ މި ހާލަތުގަ ކަސްޓަމަރުންނާއި ދޭތެރޭގަ ވިސްނާފަ އަޅުގަނޑުމެން ކަނޑައަޅާފަ ހުންނަ އަގުތައް، އަދި އެތަކެތި ޑެލިވަރީ ކޮށްދޭނެ... ބްރޭކްފާސްޓް މީލް އާއި ލަންޗް އާއި ޑިނާ މީލް ވެސް ޑެލިވަރީވެސް އަދި ޓޭކްއަވޭ ވެސް ކުރެވޭ. މީގެ ކޮންމެ ޑިޝް އަކާއި އެކީ ފްރީ ޑެސާޓެއް ލިބޭނެ." ޖަލާލް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރެންޓް / ކެފޭތައް ބަންދު ކުރިނަމަވެސް ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް މިވަނީ ފެށިފަ އެވެ. އަދި މި ހިދުމަތަށް ރަނގަޅު ތަރުހީބެއް ވެސް ލިބެ އެވެ.