ހަބަރު

އިންތިހާބާ ބެހޭ ބިލްތައް ހުށަހަޅައި ހަ މިނެޓުން މަޖިލިސް ނިންމާލައިފި

Jun 25, 2018
2

އިންތިހާބުތަކާ ގުޅޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ގާތްގަނޑަކަށް ހަ މިނެޓުން މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.

މިއަދު ބޭއްވީ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ. ޖަލްސާ ބޭއްވި ދިގު ޗުއްޓީއަކަށްފަހު އެވެ.

ޖަލްސާގައި ތިން އިސްލާހެއް ފުރަތަމަ ކިޔުން އިއްވުން މިއަދު އޮތެވެ. އެއީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ހަމަ އެ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހެވެ.

އޭގެއިތުރުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ވެސް އޮތެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްލާހުތަކުގެ ތަފްސީލް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.

ރަޝިޔަން ފެޑެރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މުހަމަދު ހުސައިން ޝަރީފުގެ ނަން ރައީސް ފޮނުއްވާފައިވާތީ ނަން ދިރާސާކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.