LIVE UPDATES

މުހިންމު ނިންމުމަކާ އެކު އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ނިންމާލައިފި

އެމްޑީޕީއިން މި ރަށުގައި ބާއްވާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސް، އާދަޔާ ހިލާފު ކޮންގްރެސް ފެށީ މިއަދުގެ މެންދުރު 12:30 އެހާކަންހާއިރު. މި ކޮންގްރެސްގައި 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވޭ. މިއީ 2010 ވަނަ އަހަރަށް ފަހު އެ ޕާޓީ އިން ބާއްވާ ފުރަތަމަ ކޮންގްރެސް އަދި އަތޮޅެއްގެ ރަށެއްގައި ވެސް ޕާޓީއަކުން ބާއްވާ ފުރަތަމަ ކޮންގްރެސް. މި ކޮންގްރެސްގައި މުހިންމު ކަމަކީ ރިޔާސީ ކެންޑިޑޭޓެއްގެ މައްސަލައިގައި ހައްލު ހޯދުން.