ހަބަރު

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބަދަލެއް

Jul 1, 2018

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަ ޖައްސައި އާ ޕެކޭޖެއް ތަޢާރަފް ކޮށްފި އެވެ

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް ވަނީ އިތުރުކޮށްފައެވެ.

އެ ކުންފުނިން ބުނީ މި އައި ބަދަލާއެކު މަހުފީ އިތުރު ނުވެ އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް އިތުރުވާނެ އެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސް އެމް އެސް އަކުން އަންގައި ދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސައި ދެ އެވެ.. އެގޮތުން އެސް އެމް އެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެދުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިންކޮށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ

ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް މޮނިޓާ ކޮށް ބެލެހެއްޓޭއިރު ދިރާގު މޯބައިލް އެޕް މެދުވެރިކޮށްވެސް އިންޓަނެޓް ޔޫސޭޖް ބެލޭނެ އެވެ

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖު ތަކަށް އައި ހެޔޮ ބަދަލާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް ގެ އެޑް އޮން ނުވަތަ ބޫސްޓާ ތަކަށްވެސް ވަނީ ކުރި އެރުން ތަކެއް ގެނެސްފަ އެވެ. އެގޮތުން ހުރިހާ ބޫސްޓާއެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފަ އެވެ. އަދި މިހާރުގެ 900 ރުފިޔާ އަށް ލިބޭ 100 ޖީބީގެ ބޫސްޓާ މިހާރު ލިބޭނީ 790 ރުފިޔާ އަށެވެ.

މީގެ އިތުރުން، އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަށް ފައިބާ 5 އެމްބީޕިއެސްގެ ޕެކޭޖެކެވެ

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ