ވިޔަފާރި

ދިރާގު ހޯމް ބްރޯޑްބޭންޑް ބޫސްޓާ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމުގެ ދެގުނަ ޑޭޓާ ލިބޭ ގޮތަށް މިދިޔަ މަހު ފެށި ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ މި ޕްރޮމޯޝަންގައި ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާތަކުގެ ޑޭޓާ ދެގުނަ އިތުރަށް ލިބެ އެވެ. ކުރިން މި ޕްރޮމޯޝަންގެ މުއްދަތެއްގެ ގޮތުގައި އޮތީ މިދިއަ މަސް ނިމެންދެނެވެ. ނަމަވެސް މިހާރު މިވަނީ މި މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފަ އެވެ.

"ބޫސްޓާއަކީ" ޕެކޭޖު ހުސްވެއްޖެ ހިނދެއްގައި ވަކިން ނެގޭ ގޮތަށް އޮންނަ ޕެކޭޖެކެވެ.

ދިރާގުން ބުނި ގޮތުގައި ކޮންމެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް ދެ ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ. އަދި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ގިނަ މަންފާ އާއި ފައިދާ ލިބޭނެ ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ.