ހަބަރު

ވޯޓާސް ލިސްޓް އިސްލާހުތަކާ އެކު އާންމުކޮށްފި

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އިލެކްޝަން ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާގުޅިގެން ވޯޓާސް ލިސްޓަށް ގެނައި އިސްލާހު ހިމެނޭ ލިސްޓެއް އީސީން މިއަދު އާންމުކޮށްފި އެވެ.

އީސީން މިއަދު ގެޒެޓް ކޮށްފައިވާ މި އިސްލާހުތަކަކީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އީސީން އާންމުކުރި ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅިގެން އެ ލިސްޓަށް ގެނައި އިސްލާހުތަކެވެ. އެގޮތުން 734 އިސްލާހު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 18 އަހަރު ނުފުރޭތީ ލިސްޓުން އުނިކުރަންޖެހުނު މީހުންނެވެ.

ފުރަތަމަ ނެރުނު ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅިގެން ލިސްޓަށް ގެނައި އިސްލާހުތައް އީސީން އާންުމޮށްފައިވާއިރު އެ އިސްލާހުތައްކާއެކު އާ ލިސްޓެއް މިއަދު އާންމުކުރާނެ ކަމަށް ވެސް އީސީން ބުންޏެވެ. އަދި އާ ލިސްޓަށް ޝަކުވޗާ ހުށަހަޅަން މާދަމާ ހުޅުވާލާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ވުނެފަ އެވެ.

އާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް ދޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށް އީސީން ބުންނެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭ ހަމަވިިއިރު ހުށަހަޅާފައިވާއިރު

އެންމެ ފުރަތަމަ އީސީން ނެރުނު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ލިބުނީ، 1778 ޝަކުވާ އެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުރީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހިމެނިފައިވާ ކަމުގެ ޝަކުވާތަކެވެ. އެ ލިސްޓަށް އެންމެ ގިނަ ޝަކުވާ ހުށަހެޅީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއިންނެވެ. އެ ޕާޓީން އެކަނި ވެސް 800 އަށްވުރެ ގިނަ ޝަކުވާ އިހުށަހެޅި އެވެ.

އީސީން ނެރުނު ވޯޓާސް ލިސްޓުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތު ހިމަނާފައިވަނީ 26،3183 މީހުންނެވެ. ނަމަވެސް އެ ލިސްޓަކީ ޑީއެންއާރުގެ ލިސްޓަށް ވާތީ ލިސްޓުގައިވާ ތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމެނިފައި ހުއްޓެވެ.