ހަބަރު

ޖުމްހޫރީޕާޓީގެ 203 މަގާމަކަށް ކުރިމަތިލާން ހުޅުވާލައިފި

ޖުމްހޫރީޕާޓީގެ 203 މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖޭޕީގެ ފަރާތުން އެ މަގާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލީ، އެ ޕާޓީގެ އަސާސީ ގަވައިދަށް އެ ޕާޓީގެ ކޮންގްރެސްއިން ގެނައި ބަދަލުތަކާއި ގުޅިގެން އަލަށް އުފެއްދި މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީޕާޓީގެ މައި އޮފީސް މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، މިއަދުން ފެށިގެން މަގާމުތަަށް ކުރިމަތިލުމަށް 10 ދުވަސް ލިބިގެންދާނެ ކަމަށާއި، އެ 10 ދުވަސް ހަމަ ވުމަށްފަހު 15 ދުވަހުގެ ތެރޭގައި މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް، އިންތިހާބު ބާއްވާނެ ކަމަށެވެ. ޖޭޕީގެ އަސާސީ ގަވައިދަށް ގެނައި ބަދަލްތަކާއެކު ސަރުކާރުގެ އެކި އިދާރާތަކަށް ފާރަވެރިވުމަށް ގިނަ އަދަދެއްގެ ކޮމިޓީތަކެއް ވަނީ އެކުލަވާލާފައެވެ.

މެމްބަރުން އިންތިހާބު ކުރުމަށް ހުޅުވާލި ކޮމިޓީތަކުގެ ތަކުގެ ތެރޭގައި ހިމެނެނީ ކޮމިޓީއޮފް ޑިފެންސާއި، ކޮމިޓީއޮފް ހޯމް އެެފެއާޒާއި، ކޮމިޓީ އޮފް ފޮރިންގ އެފެއާޒާއި، ކޮމިޓީ އޮފް ޓުއަރިޒަމް އާއި، ކޮމެޓީ އޮފް ފައިނޭންސާއި ކޮމެޓީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި ކޮމެޓީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި، ކޮމެޓީ އޮފް ލީގަލްއެފެއާޒާއި، ކޮމެޓީ އޮފް އިސްލާމިކް އެފެއާޒާއި، ކޮމެޓީ އޮފް އެޑިޔުކޭޝަނާއި، ކޮމެޓީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ކޮމިއުނިކޭޝަނާއި، ކޮމެޓީ އޮފް ހެލްތާއި، ކޮމެޓީ އޮފް ޖެންޑާއާއި، ކޮމެޓީ އޮފް ސޯޝަލް ސެކިއުރިޓީއާއި، ކޮމެޓީ އޮފް ޔޫތުއެންޑް ސްޕޯޓްސްގެ އިތުރުން ކޮމެޓީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި ކޮމެޓީ އޮފް ފިޝަރީޒާއި، ކޮމެޓީ އޮފް އެގްރިކަލްޗާއާއި، ކޮމެޓީ އޮފް ހިއުމަން ރިސޯސް އެންޑް ލޭބަރ އާއި، ކޮމިޓީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީއާއި، ކޮމިޓީ އޮފް އާރޓްސް އެންޑް ކަލްޗަރ ހެރިޓޭޖްއާއި، ކޮމިޓީީ އޮފް ޕަބްލިކް ވޯކްސްއެވެ.

މީގެ އިތުރުން އިދާރީ ކޮމެޓީތަކުގެ ގޮތުގައި އިސްތިއުނާފު ކޮމެޓީ އާއި، ސުލޫކު ކޮމިޓީއާއި، މެމްބަޝިޕް ކޮމިޓީއާއި، އެކްޓިވިޓީ ކޮމިޓީއާއި، ފަންޑް ރައިޒިންގ ކޮމިޓީގެ އިތުރުން، ކެމްޕޭން އެންޑް އިލެކްޝަންސް ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ވަނީ އިއުލާން ކޮށްފައެވެ.

ޖުމްހޫރީޕާޓީން ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި އެ ޕާޓީގެ ގައުމީ ތިން ވަނަ ކޮންފަރެންސުން އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކޮށްފައެވެ.