ވިޔަފާރި

ދިރާގު ޓީވީން 4ކޭ ކޮށް މެޗުބަލައިލުން: މިއީ ސަޅި ކަމަކީ!

Jul 9, 2018
2

ވޯލްޑް ކަޕްގެ ފަހު ކޮޅަށް އައިއިރު އުޅެން ޖެހުނު ބިޒީކަމާއެކު މާލެއަކު ނުހުރެވުނެވެ. އެހެންވެ، ފަހު ދިހަ މެޗުތައް ފެށި ފުރަތަމަ މެޗު ދެއްކިއިރު ހުރެވުނީ ހއ. ދިއްދޫގަ އެވެ. އޭރު މެޗު ބަލަމުން ދިޔައީ އޭރަށް ފެންނަ އެންމެ ސާފުކޮށެވެ. އެޗުޑީކޮށެވެ. ޓީވީއަކީ އެޗުޑީ ޓީވީއަކަށްވުމުން އެރަށް އެވަރު ރަނގަޅެވެ. އެކަމަކު ދިރާގުން އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ (4ކޭ) ގައި މެޗު ދައްކަން ފެށުމާއެކު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ހީވަނީ މެޗު ކުޅޭ، ރަޝީއާގެ ދަނޑުގައި ހުރެވޭހެންނެވެ. އެހާވެސް ސާފުކޮށް މަންޒަރުތައް ފެނެ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް 4ކޭ ކޮލިޓީގައި މެޗު ބަލައިލުމުގެ ފުރުސަތު ދިރާގުން ދިނުމަކީ ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ފޯކޭ ކޮލިޓީގައި މެޗުތައް ބަލައިލުން މިއީ ސަޅި ކަމެކެވެ.

"ވަރަށް ސަޅި ހަމަ ހަގީގަތުގައި ވެސް 4 ކޭ ކޮލިޓީގައި މެޗުތައް ބަލައިލަން ފުރުސަތު ލިބުމަކީ. މިހާރު އަދި މެޗެއް މި ފެންނަނީ،" 4ކޭ ކޮލިޓީގައި މެޗު ބަލާ، އަހުމަދު ނާޝިދުގެ ހިޔާލަކީ މިއެވެ.

ރާއްޖޭގައި ޓީވީގެ ހިދުމަތްދޭ އެހެން ކުންފުނިތަކުންވެސް 4ކޭ ކޮލިޓީގައި މެޗުތައް ދައްކަ އެވެ. އެކަމަކު މި ގިނަ ޗެނަލްތައް ހަމައެކަނި ފެންނަނީ މާލޭގައި ތިބި މީހުންނަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭ ދިވެހިންނަށް މި ފުރުސަތަކެއް ނުލިބިގެ އެވެ. އެކަމަކު ދިރާގު ޓީވީއިން 4 ކޭ ކޮލިޓީގައި މެޗުތައް ދައްކަން ފެށުމާއެކު، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ރީތިކޮށް މެޗު ބަލައިލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

އާބާދީގެ ބޮޑު ބަޔަކަށް ފެނޭ!

ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް މި ވޯލްޑް ކަޕުގައި ދިރާގު ޓީވީއިން 4ކޭ ކޮލިޓީގައި މެދުތައް ބަލައިލެވޭނެ ކަމަށެވެ.

"ހަމައެކަނި މާލެއެއް ނޫން. ރާއްޖޭގެ އެކި ހިސާބުތަކުގެ ސިޓިން ރޫމްތަކަށް 4 ކޭ ކޮލިޓީގައި މެޗުތައް ބަލައިލެވޭނެ،" މިރުޝާން ވިދާޅުވި އެވެ.

ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބެލުމުގެ ފުރުޞަތު ލިބޭނީ ފައިބަ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ހޯދާ ފަރާތްތަކަށެވެ. ދިރާގު ފައިބަ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް ވޯލްޑް ކަޕް 4ކޭ ގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ފޯކޭ ކޮލިޓީގައި ދިރާގު ޓީވީ އަދި ޕީއެސްއެމް މެދުވެރިކޮށް ވޯލްޑް ކަޕް ގެ ފަހު ސްޓޭޖްގެ 10 މެޗް ބަލައިލެވޭނެ އެވެ.

4 ކޭ މެޗު ފެންނާނެ ރަށްތައް

  • ހއ. ދިއްދޫ
  • ށ. ފުނަދޫ
  • ހދ. ކުޅުދުއްފުށި
  • ބ. އޭދަފުށި
  • ކ. ހުޅުމާލެ
  • ކ.ވިލިނގިލި
  • ކ. މާލެ
  • ލ. ފުނަދޫ
  • ލ. ގަން
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ
  • ސ. ފޭދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ
  • ސ. ގަން

ދިރާގުގެ އެކްޓިން ސީއެމްއޯ އަހުމަދު މައުމޫން ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފަސޭހަ ކަމާއެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ގޮތުން ދިރާގު ޓީވީ ކަސްޓަމަރުންނަށް ޓީވީގެ ތަޖުރިބާ ފުރިހަމަކޮށް ތަރައްޤީ ކުރުމަކީ އެ ކުންފުނީގެ އެންމެ އިސް އެއް މަގުސަދު ކަމަށެވެ.

މި މަގުސަދުގައި ދިރާގުން ދިވެހިންނަށް ދޫކޮށްލި 4 ކޭ، ކޮލިޓީގައި މެޗު ބަލައިލުމުގެ ފުރުސަތު ހުޅުވާލުމަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުގައި ދިވެހިންނަށް ލިބުނު ބޮޑު ހަދިޔާ އެކެވެ. ދިރާގު ޓީވީ އިން 4ކޭ ކޮށް މެޗުބަލާލުން މިއީ ސަޅި ކަމެކެވެ.