ހަބަރު

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ

Jul 14, 2018
2

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދިޔަަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާތީ ސަމާލުވާން މޫސުމާބެހޭ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުންް އަދި އެހެން ހިސާބުތަަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 40 މޭލާ 45 މޭލު ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި މެދުތެރެ އާއި އުތުރުއަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ، އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މިއަދު މެންދުރުފަހު 1:20 އެހާއިރު ކަމަށާއި މެދުރާއްޖޭގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 2:17 އެހާއިރު ކަމަށެވެ. އަދި ދެކުނުގެ އަތޮޅު ތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 2:57 އެހާއިރު ކަމަށް މެޓް އޮފީހުން ބުންޏެވެ.