ވިޔަފާރި

އެމްޔޫ ސްޓޯރުން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި

Jul 15, 2018

މާލޭގައި ހޯލްސޭލް ވިޔަފާރި ކުރާ އެމް ޔޫ ސްޓޯރުގެ އައުޓްލެޓް އެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއަދު ހުޅުމާލޭގައި ހުޅުވި މި ފިހާރަ ހުންނަނީ ހުޅުމާލޭ ނިރޮޅުމަގުގެ މައި ބަސް ސްޓޮޕް ކުރިމައްޗައްވާގޮތަށެވެ.

އެމްޔޫ ސްޓޯރުން މިއަދު ބުނީ ހުޅުމާލޭގައި ހުޅުވި ފިހާރައިން ވެސް މާޅެއާ އެއް އަގެއްގައި މުދާ ހޯލްސޭލުކޮށް ލިބޭނެ ކަމަށެވެ. އަދި ރީޓެއިލްކޮން ވެސް މުދާ ވިއްކާނެ ކަމަށެވެ. މި ފިހާރައާ އެކު ހުޅުމާލޭގައި ރީޓޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މާލެއިން ހުޅުމާލެއަށް މުދާ އުފުލަން ދިމާވާ އުނދަގޫތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އެމްޔޫ ސްޓޯރުން ވަނީ ބުނެފަ އެވެ.

"މިއީ ހުޅުމާލޭގައި ރީޓޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކުން ނުހަނު ބޮޑަށް ބޭނުން ވެގެން އަޅުގަނޑުމެން ގާތު އެދެމުން ދިޔަ ކަމެއް. ވީމާ މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުން ލިބިގެންދާނެ ފަސޭހައަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެމްޔޫ ސްޓޯރުން ބުންޏެވެ.

އެމް ޔޫ ސްޓޯރުން ވިއްކާ ބައެއް ސާމާނުގެ ތެރޭގައި ލެކްނޯ ޖޫސް، ލެކްނޯ ކިރު އަދި އިންޑޯމިލްކާއި އޮލިޓަލިޔާ އޮލިވް އޮއިލް ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.