ހަބަރު

މާލޭގައި އުސް ހަތަރު ޓަވަރު އެޅުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

Jul 22, 2018
10

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް" މަޝްރޫއު އިފްތިތާހް ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫއު އިފްތިތާހްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރަސްފަންނު ސަރަހައްދުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން އިސް ނަގައުގެން މާލެ ސިޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 25 ބުރިއާއި 28 ބުރީގެ ހަތަރު ޓަވަރެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުއިސައްތަ އަށާވީސް ހޮޓަލް ރޫމްޗވެސް މި މަޝްރޫގެ ދަށުން ތަރައްގީ ކުރާނެއެވެ.

މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށްގެންދަވާ ކުންފުނި ކަމުގައިވާ ކޮރަލް ބޮލޮވާޑްގެ ފަރާތުން ރަމްޒީ މޮޑެލްއެއް ރައީސްއަށް އެރުވިއެވެ. މީގެ އިތުރުން ރައީސް ވަނީ މި މަޝްރޫއުގެ ދަށުން އަޅާ އެޕާޓްމަންޓްތަކުގެ ނަމޫނާ އެޕާޓްމަންޓެއް ބައްލަވާލައްވާފައެވެ.

ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.