ދުނިޔެ

އެމެރިކާ އަށް ބިރު ދެއްކުމުން އީރާނަށް ޓްރަމްޕްގެ އިންޒާރު

Jul 23, 2018

ވޮޝިންގްޓަން (ޖުލައި 23) - އެމެރިކާ އަށް އެއްވެސް ކަހަލަ ބިރެއް ދައްކާނަމަ އޭގެ އަގު އަދާކުރަންޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފި އެވެ.

ކެޕިޓަލް އަކުރުން ލިޔުއްވައި، ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމެރިކާއަށް މީގެ ފަހުން ބިރު ދައްކާނަމަ، މިހާތަނަށް ދުނިޔޭގެ ތާރީހުގައި ބަޔަކަށް ނުލިބޭ ވަރުގެ އަދަބެއް އީރާނަށް ދޭން ޖެހިދާނެ ކަމަށެވެ.

ޓްރަމްޕުގެ ރައްދު ދެއްވާފައިވަނީ ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ ދެއްވި އިންޒާރަކާއި ގުޅިގެންނެވެ. ރޫހާނީ ވިދާޅުވީ އެމެރިކާއާ އެކު ފަށާ ހަނގުރާމަ ވެގެންދާނީ ހުރިހާ ހަނގުރާމަތަކެއްގެ މަންމައަށް ކަމަށާއި، އަދި ސިންގާގެ ނަގުލާ ނުކުޅުމަށް ރޫހާނީ ވަނީ އިންޒާރު ދެއްވައިފަ އެވެ.

އެމެރިކާ އިން ދަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު ނޮވެމްބަރު 4 އިން ފެށިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.